ވިޒިޓް މޯލްޑިވްސް އިޔަރ ފާހަގަކުރުމުގެ
ގޮތުން ސަން އައިލެންޑް ރިސޯޓުން ޚާއްސަ ޙަރަކާތްތަކެއް ފަށައިފިއެވެ.
މިޙަރަކާތުގައި އެރިސޯޓަށް އަންނަ
ފަތުރުވެރިންނަށް ޚާއްސަކޮށްގެން ދިވެހި ސަޤާފީ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ސަޤާފީ ކުޅިވަރާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޚާއްސަ ކެއުންތައް
ފަތުރުވެރިންނަށް ލިބޭނެ ގޮތަށް ހަމަޖައްސާފައިވާކަމަށް ސަން އައިލެންޑުން
މަޢުލޫމާތުދެއެވެ. އަދި މީގެ އިތުރުން ދިވެހިން ދިރިއުޅުމަށް މީގެ
ކުރިން ކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ އެގްޒިބިޝަނަކާއި ދިވެހި ސަޤާފީ
ބޮޑުބެރާއި ނެށުމުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.
ސަން އައިލެންޑް ރިސޯޓުން ބުނީ، މިއީ އަންނަ
އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ފާހަގަކުރާ
އަހަރުކަމަށްވުމާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ރާއްޖެ އަންނަ
ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއްކަމަށެވެ. މިކަމާއި
ގުޅޭ ޙަރަކާތްތައް އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެކަމަށް އެފަރާތުން
ބުނެއެވެ.