ހުޅުމާލެ ފަޔަރަ ސްޓޭޝަނާ ދިމާ ފަޅު ތެރޭން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ފަޔަރަ ސްޓޭޝަނާ ދިމާ ފަޅު ތެރޭގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރެއްވިއެވެ. ފަޅުތެރޭން ފެނިފައިވަނީ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.