މެދުއިރުމަތީގެ ޤައުމުތަކުން ވިލާތަށް ޙިޖުރަކުރަމުންދާ ރެފިއުޖީންގެ ސަބަބުން
ގްރީސްއަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގްރީސްގެ ބޮޑު
ވަޒީރު އެލެކްސިސް ސިޕްރާސް ވިދާޅުވެއްޖެއެވެ.
ގްރީސްގެ އިދިކޮޅު ފަރާތްތަކާ
ބައްދަލުކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ގްރީސްގެ
ބޮޑު ވަޒީރު ސިޕްރާސް ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ
ފަހުން މިހާ ގިނަ ޢަދަދެއް ބަޔަކު އެއްޤައުމު އަނެއް ޤައުމަށް ޙިޖުރަ ކުރާ މިއީ
ފުރަތަމަ ފަހަރު ކަމަށާއި، މެދުއިރުމަތިން އަންނަ ރެފިއުޖީންގެ ފުރަތަމަ
މަންޒިލަކީ ގްރީސް ކަމަށެވެ.
މިކަމުގެ ސަބަބުން އެޤައުމަށް ގިނަ މައްސަލަތަކާ ކުރިމަތިލާން
ޖެހިފައިވާ ކަމަށާ މިކަމުގައި އަވަށްޓެރި ޤައުމުތަކުގެ އެހީ ގްރީސްއަށް ބޭނުންވާ
ކަމަށް ވެސް ގްރީސްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ވިލާތަށް ކުރިމަތިވެފައިވާ ރެފިއުޖީންގެ މައްސަލައާ
ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވިލާތުގެ ޤައުމުތަކުގެ
އިސްވެރިން މިއަދު ބެލްޖިއަމްގެ ބްރަސްލްސްގައި ބައްދަލުކުރައްވާނެއެވެ.