ޚަބަރު

އުނގޫފާރުން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންނަށް ލައިފި


ރ. އުނގޫފާރުން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ޙާލަތަށްގެނެސްފިއެވެ.

އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ސާމްޕަލެއް ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށުން މާލޭއަށް ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހެއްގެ އަންހެނުންނެވެ. މިއާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

ކޯވިޑްގެ ކޭސްތައް އަދިވެސް އިތުރުވަމުން އަންނައިރު މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 22،000އިން މައްޗަށް އަރާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް އަންނަނީ ފެންނަމުންނެވެ. އެ އާއެކު އެރަށަކަށް އަރާ ފޭބުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަ ކުރެއެވެ.