ޚަބަރު

ކޯވިޑް-19 : މިއަދު އެކަނި މިހާތަނަށް 50 މީހުން ޕޮޒިޓިވް ވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިއަދު އެކަނިވެސް 50ހަށް އަރައިފިއެވެ. މިހާތަނަށް 191 މީހުން ރާއްޖެއިން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 50ހަށް އަރާފައިވަނީ ރޭފަތިހުއާއި މިއަދު އެޗްޕީއޭއިން ހާމަކުރެއްވި ޢަދަދުތަކާއެކުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އެންމެފަހުން ހާމަކުރައްވާފައިވަނީ 2 ދިވެއްސަކާއި ޕާކިސްތާނުގެ ރައްޔިތެއް ޕޮޒިޓިވްވެގެންނެވެ. އެއީ މިއަދު އިރުއޮއްސެން އުޅެނިކޮށެވެ. އޭގެކުރިން މިއަދު ހަވީރުވަނީ އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައިހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންނާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެކެވެ.

މިބަލިން މިހާތަނަށް ރަނހަޅުވެފައިވަނީ ޖުމްލް 17 މީހުންނެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 191 އަށް އަރާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވާ ދިވެހިންނާއި ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި މަލޭގައި ތޮއްޖެހިންގެ ބިދޭސިން ދިރިއުޅޭ ތަންތަން ބަލައި އެތަންތަނުގެ ޙާލަތު ދެނެގަތުމަށްފަހު 837 މީހުން ދިރިއުޅެމުންދިޔަ 18 ތަނެއް މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.