ޚަބަރު

ކޯވިޑް-19 : ރާއްޖެއިން 3 މީހަކު ބަލިން ރަނގަޅުވެއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކުރެއްދޫއިން ޕޮޒިޓިވްވި މީހެއް ބަލިން ރަނގަޅު ވެފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19އަށް ކުރެއްދޫއިން ގެންދިޔަ މީހާ އައިސޮލޭޝަން ފެސިލިޓީސްއަށް ގެންގޮސް ފަރުވާދެމުން ގޮސްފައިވަނީ މިމަހުގެ 7ވަނަ ދުވަހުގައިކަމަށެވެ.

އޭނާގެ ފުރަތަމަ ޓެސް މިމަހުގެ 18ވަނަ ދުވަހު ހެދުމަށްފަހު އިތުރަށް ޔަގީންކުރުމަށްޓަކައި 20ވަނަ ދުވަހު ހެދުނު 2ވަނަ ޓެސްޓުންވެސް ނެގެޓިވް ވުމަށް ބަލިން ރަނގަޅުވެފައިވާކަމަށް ނިންމާފައިވާކަމަށެވެ. ކޯވިޑް-19 ޖެހޭ މީހުން ރަނގަޅުވިމަށް ޑަބައިލިއ އެޗްއޯއިން ބަލާ މިންގަޑަކީ ދެ ޓެސްޓްކުރުމަށްފަހުގައިކަމަށް ޑރ.މުރާދު ވިދާޅުވިއެވެ. އަދި މިމީހާވެސް ކުރިއަށް 30 ދުވަހު ކަރަންޓީން ކުރެވޭނެކަމަށެވެ.

މިހާތަނަށް މިއާއިއެކު ރާއްޖެއިން ކޯވިޑް ޖެހުނު 3 މީހަކުވަނީ ރަނގަޅުވެފައެވެ.