ޚަބަރު

ޕާޓީގެ ތެރެއިން އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ފިޔަވަޅުއަޅަނަން - ޢަބްދުއްރަހީމް


ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މަޖިލީހުގައި ވާދަކުރާ ދާއިރާތަކާއި ތާޢީދު ކުރާ ދާއިރާތަކަށް ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުން އަމިއްލަ ގޮތުން ވާދަކުރާ ދާއިރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި، ޕީއެންސީ އަދި ޑީއާރުޕީން 50 ދާއިރާއަކަށް ޥާދަކުރާނެކަމަށެވެ. އަދި 30 ދާއިރާއަކަށް އެ ކޯލިޝަނުން ތާޢީދުކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ހުރިހާ ދާއިރާއަކަށް ކޯލިޝަން ޕާޓީގެ ކެނޑިޑޭޓަކު އަމިއްލަގޮތުން ވާދަކުރުމަށް ތާޢީދުނުކުރާނެ ކަމަށާއި އަމިއްލަގޮތުން ވާދަކޮށްފިނަމަ އެ މެންބަރަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަސްމީކޮށް ވާދަކުރާނެކަމަށް އިޢުލާންކުރި ދާއިރާތަކަށް އަދި ރައީސް ޔާމީން ތާޢީދުކުރައްވާ ކެނޑިޑޭޓުން ވާދަކުރައްވާ އެއްވެސް ދާއިރާއަކަށް މި ކޯލިޝަނު ޕާޓީޢަކަށް ނިސްބަތްވާ މެންބަރަކު އަމިއްލަގޮތުން ވާދަކޮށްފިނަމަ މި ކޯލިޝަންގެ ތާޢީދެއް ނުކުރާނެ. އަދި އުސޫލްގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާލަން" ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމާއި ޕީއެންސީގެ މެންބަރުންގެ ތެރެއިން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ދިނުމަށްފަހު އަނބުރާ ޓިކެޓް އަތުލި ބައެއް މެންބަރުން އަމިއްލަ ގޮތުން ވާދަކުރުމަށް ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަނީ ކެނޑިޑެންސީ ފޯމް ހުށަހަޅާފައެވެ.