ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރގެ ހާއްސަ ދަތުރުފުޅެއް ރ އަތޮޅަށް


މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށުގެ ސްކޫލުތަކާއި، ތައުލީމީ ހާލަތު ވަޒަންކުރެއްވެމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ރ އަތޮޅަށް ދަތުރެއް ފައްޓަވައިފިއެވެ.މިއަދު ހެނދުނު އެޑިޔުކޭޝަން މިނިސްޓަރ ފުރަތަމަ ވަޑައިގެންނެވީ ކިނޮޅަހަށެވެ.މެންދުރުކުރިން ކިނޮޅަހު ސްކޫލްގެ މެނޭޖްމަންޓާއި  ޕީޓީއޭގެ އިތުރުން ސްކޫލް ބޯޑު މެންބަރުންވަނީ އެ ސްކޫލު ހިންގުމުގައި ހުރި ދަތިތަކާއި ހައްލުކުރެވެން ހުރި ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ.މިނިސްޓަރުގެ މިދަތުރު ފުޅުގައި މިއަދު މެންދުރު ފަހު ފައިނަށާ އިނގުރައިދޫއާއި އިންނަމާދޫއަށް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ.