ޚަބަރު

ހޯދަޑާއި އައްޔަނި ސްޕޯރޓްސް ކްލަބް ފައިނަލަށް!


  • ފައިނަލް މެޗު ހޯމަ ދުވަހުގެ ރޭ

ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް, ވެސްޓްރޭޑް ބޮޑުބެ ޗެލެންގެ ފައިނަލުން އައްޔަނި ސްޕޯރޓްސް ކްލަބާއި ހޯދަޑު ސްޕޯރޓްސް ކްލަބް ޖާގަ ހޯދައިފިއެވެ.

އައްޔަނި ސްޕޯރޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ގަލޯނާ ސްޕޯރޓްސް ކްލަބް 5-1 ން ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ޝަނާން ރަޝާދު އެވެ. އެހެން ލަނޑުތައް ޖެހީ މުޙައްމަދު އިމްރާން އާއި އަބްދުالله ރަޝީދު އާއި އަލީ ޝަމާލު އަބްދުالله އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޝަމާލު އެވެ. ގަލޯނާގެ ހަމައެކަނި ލަނޑު ޖެހ ނައުފް މުޙައްމަދު ޖަލީލް އެވެ.

ސެމީފައިނަލްގައި އައްޔަނި ސްޕޯރޓްސް ކްލަބް ވާދަކުރަން ޖެހޭނީ ހޯދަޑު ސްޕޯރޓްސް ކްލަބާއެވެ. ހޯދަޑު ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޔުނައިޓެޑް ދިގުވާނޑޮ 1-0 ން ބަލިކޮށްގެންނެވެ. ހަމައެކަނި ލަނޑު ޖެހީ އަހުމަދު އަފްލާޒު އެވެ.

ފައިނަލް މެޗު ކުޅޭނީ މަދާމާ ރެއެވެ.