އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގެ ފުރަތަމަ މެޗު ކުޑަފުށިން ކާމިޔާބުކޮށްފިއެވެ. ވޮލީބޯޅައިގެ ގަދަ ބާރު ބަނޑޮހާ ވާދަކޮށް ކުޑަފުށި މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
ވާދަވެރި ފުރަތަމަ ސެޓް 26-24 ން ގެންދިޔައީ ބަނޑޮހެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓް 25-21, 25-22 ން ކުޑަފުށި ގެންގޮސް މެޗުގެ ވާދަވެރިކަން ބޮޑުވިއެވެ. އަދި ހަތަރު ވަނަ ސެޓް 25-21 ން ބަނޑޮސް ގެންދިއުމުން ފަސްވަނަ ސެޓަށް ދާން ޖެހުނެވެ. ވާދާވެރިކޮށް ފެނުނު ފަސްވަނަ ސެޓް ކުޑަފުށިން ގެންދިޔައީ 15-13 ނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަފުށީގެ އަހުމަދު އަޒީމް އެވެ. ލީގު ބުރުގެ ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ ކޯރާ ކޯރާ މޯލްޑިވްސް އާއި ދަ ސްޓެންޑާޑް އެވެ. މިއީ މީދޫ އެކުވެރި ކްލަބުން އެރަށުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.