ޚަބަރު

ހުއާ ހިން ސިކްސެސް: ރާއްޖެ ދެ މެޗު ކުޅެ، އެއް މޮޅު


  • ފުރަތަމަ މެޗުން މޮޅުވެފައިވަނީ 23 ލަނޑުގެ ތަފާތުން

  • ދެވަނަ މެޗުން ބަލިވެފައިވަނީ 6 ވިކެޓުގެ ތަފާތުން

ތައިލެންޑުގެ ޕުކެޓްގައި މިހާރު ކުރިއަށްދާ ހުއާ ހިން ސިކްސެސް ކްރިކެޓު މުބާރާތުގައި ރާއްޖޭން މިހާތަނަށް ދެ މެޗު ކުޅެ، އެއް މޮޅު ހޯދައިފިއެވެ.

ޕުކެޓްގައި ހުންނަ އަލަން ކުކް ކްރިކެޓް ގްރައުންޑުގަ ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ބައްދަލުކޮށްފައިވަނީ އެސްޕީސީޖީ މާސްޓާސް އާއެވެ. ރާއްޖޭން ވަނީ 23 ލަނޑުގެ ތަފާތުން މި މެޗު ކާމިޔާބުކޮށްފައެވެ.

މިމެޗުގެ ގުރު ދިމާވުމުން ރާއްޖެއިން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. އެގޮތުން، ރާއްޖޭން ކުޅެން އަރާ 5 އޯވަރުގެ ތެރެއިން 4.2 އޯވަރުގައި އެއް ކުޅުންތެރިއަކު ނުބައިވެގެން ވަނީ 68 ލަނޑު ހަދާފައެވެ. ޖަވާބުގައި އެސްޕީސީޖީ މާސްޓާސް އިން ކުޅެން އަރާ، އެޓީމަށް 4.2 އޯވަރުގައި 2 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 45 ލަނޑެވެ.

މި މެޗުގައި ރާއްޖެ ޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 19 ބޯޅައިން 38 ލަނޑު ހެދި މޫސާ ކަލީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ.

ދެވަނަ މެޗުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެ ބައްދަލުކޮށްފައިވަނީ ސެން ފްރަންސިސްކޯ ބްލާސްޓާސް މާސްޓާސް ޓީމާއެވެ. މިމެޗުން ރާއްޖެ ބަލިވެފައިވަނީ 6 ވިކެޓުގެ ތަފާތުންނެވެ.

ގުރު ދިމާވެގެން ރާއްޖޭން ފުރަތަމަ ކުޅެން އަރައިގެން 5 އޯވަރުތެރޭ ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 56 ލަނޑެވެ. ޖަވާބުގައި ސެން ފްރަންސިސްކޯ ބްލާސްޓާސް މާސްޓާސް ޓީމުން ކުޅެން އަރައި، 5 އޯވަރުތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ، 58 ލަނޑު ހެދިއެވެ.

މިމެޗުގައި ސެން ފްރަންސިސްކޯ ބްލާސްޓާސް މާސްޓާސް ޓީމުން އެންމެ ގިނަ ލަނޑު ހަދާފައި ވަނީ 14 ބޯޅައިން 35 ލަނޑު ހެދި ޝުބަމް ސެން ފްރެންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.