ރ. ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިކަމައްޓަކައި ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މަގު ހެދުމުގެ އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ(ރޓ) އަހުމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމުލަ 16.65 ކިލޯމީޓަރު އެކުލެވޭ 75 މަގު ހެދުން ހިމެނެއެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއ،ި ސަރވިސް ލައިން އެޅުމާއ،ި ޤުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމާއ،ި ޕޭވްމަންޓެއް ހެދުމާއ،ި ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއ،ި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 312.66 މިލިއަން ރުފިޔާއަށް 810 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާއި ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ. 5,047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރަކީ މިހާރުވެސް ޒަމާނީ ފެންވަރައް ގިނަ މަގުތަކެއް ހެދިފައިވާ ރަށެކެވެ. އެގޮތުން ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ދުވާފަރު އިތުރަށް ތަރައްޤީވެ ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް އިތުރު ރައްކާތެރިކަމާއި ލުއިފަސޭހަތަކެއް ލިބޭނެއެވެ.