އެފްއޭއެމް ވިމެންސް ލީގު 2025 ގައި އޮޑި ސްޕޯޓްސް ކުލަބުގެ ފާތުމަތު ސާލިޔާގެ ހަތަރު ލަނޑުން މޮޅުވެ އޮޑި ސްޕޯޓްސް ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ. އޮޑި މެޗު ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 7-0 ލަނޑުންނެވެ.
ބޮޑު މޮޅަކާ އެކު މެޗު ކާމިޔާބު ކުރި އޮޑިން ވަނީ ދެމެޗުން ހޯދީ ހަތަރު ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ފުރަތަމަ 2 މެޗުން ބައިކޮޅަށް ވަތް 13 ލަނޑާއެކު ޓީސީ އޮތީ ތާވަލުގެ ފުލުގައެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މުޅި މެޗު ޑޮމިނޭޓް ކޮއްގެން ކުޅުނީ އޮޑިންނެވެ. މެޗުގައި ޓީސީ އަށް އޮޑީގެ ގޯލާހަމަޔަށް ބޯޅަ ހިފައިގެން ދެވިފައެއް ނުވެއެވެ. މެޗުގެ 5 ވަނަ މިނިޓުގެ ތެރޭގައި އޮޑިއަށް ގޯލު ހުޅުވާލަ ދިނީ ކެޕްޓަން ފާތުމަތު ސާލިޔާ އެވެ. މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ މެޗުގެ 9 ވަނަ މިނިޓުގައި އޮޑިއަށް ދެވަނަ ލަނޑު ޖަހައިދިނީ ފަރަހަ އަހުމަދެވެ.
މެޗުގެ 17 ވަނަ މިނިޓުގައި އަލްތާފް މުހައްމަދު ވަނީ އޮޑިއަށް ތިންވަނަ ލަނޑު ޖަހާދީފައެވެ. އޮޑިން ހަތަރުވަނަ ލަނޑު ކާމިޔާބު ކުރީ ލބުނު ޕެނެލްޓީއަކުން ސާލިޔާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނިޓުގައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭގައި ލިބުނު ޕެނެލްޓީއަކުން ފާތުމަތު އިނާޝާ އާދަމްއެވެ.
މެޗުގެ 45 މިނިޓުގައި ޝާލިޔާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އޮޑިއަށް ހަވަނަ ލަނޑު ކާމިޔާބުކޮއްދިން އިރު އޮޑީގެ ހަވަނަ ލަނޑު ޝާލިޔާ ކާމިޔާބުކޮއްދިނީ މެޗުގެ 59 މިނިޓުގައެވެ.
ލީގުގައި މާދަމާ ކުޅޭނީ ވިކްޓަރީ އާއި މާޒިޔާއެވެ.