ޚަބަރު

ޑިސްކަވަރ ޑައިވް: 40 ކުޑަކުއްޖަކަށް ޑައިވް ކުރުމުގެ ފުރުޞަތު


  • މި ހަރަކާތުގައި ބައިވެރިވެވޭނީ 8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް

  • މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ބައިވެރިވެވޭނެ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިވްކުރުމަށް ޝައުގުވެރިވާ ކުޑަކުދިންނަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެ ފުރުސަތު ހުޅުވާލައިފިއެވެ. "ޑިސްކަވަރ ޑައިވް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް މިދިޔަ އަހަރުވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ "ޑިސްކަވަރ ޑައިވް" ހަރަކާތް ކުރިއަށްދާނީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 ގައިކަމަށެވެ. މި ހަރަކާތަކީ ކުޑަކުދިންނަށް ޑައިވްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ވަނީ ވިދާޅުވެފައެވެ.


މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކުޑަކުދިންނަށް މިހާރު ވަނީ މި ފުރުޞަތު ހުޅުވާލާފައެވެ. 40 ކުދިންނަށް މި ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.

ބައިވެރިވާން ބޭނުންވާ ކުދިން މިމަހުހެ 18 ވަނަ ދުވަހުގެ ކުދިން އޮންލައިން ފޯމު ފުރިހަމަކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

ޑިސްކަވަރ ޑައިވްގެ ހަރަކާތް އޮންނާނީ ހުޅުމާލެ ބީޗް ސަރަހައްދުގައެވެ. މިދިޔަ އަހަރުގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެންވެސް ވަނީ ޑިސްކަވަރ ޑައިވް ހަރަކާތް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތައްވެސް ކުޑަކުދިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.