17:00 ވޯޓުލާން ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު ކިއުތައް ބަންދުކޮށްފި
16:37 ހަތަރެއް ޖެހުމާ ހަމައަށް 221496 މީހުންވަނީ ވޯޓުލާފައި. މިއީ ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ %78.32
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 16:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/nUepsm9YbI
— Elections Commission (@ElectionsMv) September 30, 2023
ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ޖުމްލަ 9 ފޮށްޓެއް ވޯޓުލުމަށް ބެހެއްޓިފައިވޭ.
އިނގިރޭސިވިލާތްގެ (ލަންޑަން) ގައި ބެހެއްޓިފައި ހުރި ވޯޓް ފޮއްޓަށް ވޯޓުލުމަށް ބަޔަކު ކިޔުގައި މަޑުކޮށްލައިގެން. ? އިލެކްޝަންސް ކޮމިޝަން pic.twitter.com/8XHUAaHTHf
— PSM News (@psmnewsmv) September 30, 2023
އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް:
— Blue Wave 2023 (@OpsPoliceMv) September 30, 2023
ވޯޓް ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން މިއަދު މިހާތަނަށް 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި.#OperationBlueWave
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 98 ފަރާތެއް ދަނީ ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި 76 އޮބްޒާވަރުންނާއި 22 މޮނިޓަރުން ހިމެނޭ.
ބައިނަލްއަޤްވާމީ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތައް އޮބްޒާރވްކުރުމުގެ ތެރެއިން pic.twitter.com/729SS4Qtjm
— Elections Commission (@ElectionsMv) September 30, 2023
16:00 ވޯޓުލުން ނިމެން ބާކީ އޮތީ ގަޑިއެއްހާއިރު، ވޯޓުލާ ކިއުތައް ބަންދުކުރާނީ 17:00ގައި.
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ވޯޓު ލައްވައިފި. ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުން ވޯޓުލައްވާފައިވަނީ ސްރީލަންކާގައި ހުރި ފޮށްޓަކަށް.
2018 ގައި ރައީސް މައުމޫނާއި އެތައް ސިޔާސީ ލީޑަރުންނަކާއި ސިޔާސީ ގޮތުން ބަންދުކުރެވިފައިވާ އެތައް ބައެއް ވޯޓުލެއްވީ ޖަލުގައި ތިއްބަވައޮގެން. #Elections2023 #visnun23 pic.twitter.com/BAy6GCATUf
— Yumna Maumoon ?? ??? (@yumna_maumoon) September 30, 2023
ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތިޖާ އެންމެ ތާޒާކަމާ އިތުބާރާއެކު ގެނެސްދޭނީ ޕީއެސްއެމްގެ ޓީމުން. ނަތީޖާ ބައްލަވާލެއްވުމަށް https://t.co/UYOVmss3zI#Riyaaseeinthikhaab23 pic.twitter.com/yj7tJE4NIU
— PSM News (@psmnewsmv) September 30, 2023
15:35 ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާތަނަށް %70.37 މީހުން ވޯޓު ލައިފި
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 15:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/miCxiAXRng
— Elections Commission (@ElectionsMv) September 30, 2023
15:17 ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ.
ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާގުޅޭ#OperationBlueWave pic.twitter.com/LJE7B5PFRn
— Maldives Police (@PoliceMv) September 30, 2023
މެންބަރު ނިހާދަށް ހަމަލާދިން މައްސަލައެއް ބަލަން ފަށައިފި https://t.co/a4uOlols22
— PSM News (@psmnewsmv) September 30, 2023
14:40 ދޭއް ޖެހުމާއި ހަމައަށް %60.8 މީހުން ވޯޓުލައިފި. މިހާތަނަށް ވޯޓުލީ މީހުންގެ ޖުމްލަ ޢަދަދަކީ 171،954 މީހުން.
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 14:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/U3NnA06VWV
— Elections Commission (@ElectionsMv) September 30, 2023
14:36 އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިން މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން - ދިވެހި ފުލުހުންގެ ޚިދުމަތް
14:30 އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާދީފައިވާ މައްސަލަ ފުލުހުންނަށްވަނީ ރިޕޯޓްކޮށްފައި. މިސަރަހައްދުގައި ފުލުހުންދަނީ ހަރަކާތްތެރިވަމުން
14:28 މިއަދުގެ 2 ޖެހުމާ ހަމައަށް 171،954 މީހުންވަނީ ވޯޓުލާފައި. މިއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %60.80އެވެ.
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 14:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/U3NnA06VWV
— Elections Commission (@ElectionsMv) September 30, 2023
02:14 އިންތިޚާބުގެ ވޯޓްލުމަށްފަހު އެސަރަހައްދުގައި މަޑުނުކުރައްވާ ވަޑައިގަތުމަށް ފުލުހުންވަނީ އެދިވަޑައިގެންފައި.
ފުލުހުންގެ އިލްތިމާސް: އެންމެހާ ރައްޔިތުންގެ ފަރާތުން އެދެނީ އިންތިޚާބުގެ ވޯޓް ލުމަށްފަހު އެ ސަރަހައްދުގައި މަޑުނުކުރައްވާ ވަޑައިގަތުން.#riyaaseeinthikhaab23 pic.twitter.com/ftzKcCjgo0
— PSM News (@psmnewsmv) September 30, 2023
އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުالله ގިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ޝައިޚް އިމްރާނާ ދިމާލަށް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފި. ރެއިންފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން ޑރ…
— Adhaalath Party (@AdhaalathOffice) September 30, 2023
01:16 މިހާތަނަށް 149،524 މީހުން ވަނީ ވޯޓުލާފައި. މިއީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %52.87 އިންސައްތަ
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 13:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/EnBOaw5fqc
— Elections Commission (@ElectionsMv) September 30, 2023
13:02 އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވޯޓު ލައްވައިފި. އަސްލަމް ހުންނެވީ އަމިއްލަފުޅު ރަށުގަ، އައްޑޫ ސިޓީގައި.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވޯޓު ލައްވައިފި.
Today, Vice President @FaisalNasym made his contribution to the democratic process by voting in the second round of the 2023 Presidential Elections. The vote was cast at the Jamaluddin School polling station. The polls will be open from 8 a.m. to 5 p.m. pic.twitter.com/il6b68KYL2
— The President's Office (@presidencymv) September 30, 2023
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ވަނީ ވޯޓު ލައްވާފަ. އެކަމަނާ ވޯޓު ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ހުރި މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ޚާއްޞަކޮށްފައިވާ ވޯޓު ފޮށްޓަކަށް.
ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެމީހުންގެ ތެރެއިން 7 މީހަކު ވަނީ ދޫކޮށްލާފައި.#OperationBlueWave
— Blue Wave 2023 (@OpsPoliceMv) September 30, 2023
11:00 ތިން ގަޑިއިރު ތެރޭގައި 97،220 މީހުން ވޯޓުލައިފި.
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 11:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/cvxuje9sKp
— Elections Commission (@ElectionsMv) September 30, 2023
އިލެކްޝަންސް ކޮމިޝަންެގެ ރައީސްގެ އިލްތިމާސް: 5 ޖެހުމާއި ހަމައަށް ވަގުތު އޮތްނަމަވެސް ފަސްވަންދެން މަޑުނުކުރައްވާ އަވަހަށް ނުކުމެ ވޯޓް ގެ ކަންކަން ނިންމަވާދެއްވާ.
— PSM News (@psmnewsmv) September 30, 2023
#riyaaseeinthikhaab23 pic.twitter.com/yWRQMicE7k
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް#Riyaaseeinthikhaab23 pic.twitter.com/O8L3UveH2H
— PSM News (@psmnewsmv) September 30, 2023
އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް:
— Blue Wave 2023 (@OpsPoliceMv) September 30, 2023
ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން.#OperationBlueWave
10:45 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.
10:00 ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 10 ޖެހުމާއި ހަމައަށް 65000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %23.20 މީހުންނެވެ.
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 10:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/L5plRw3bnU
— Elections Commission (@ElectionsMv) September 30, 2023
10:26 ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި
9:58 - ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 1200 އަށްވުރެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.
? As the Presidential Election runoff voting commences, our officers are committed to ensuring the safety and security of everyone. We deeply appreciate the support of the public in upholding peace and order. Your cooperation is vital in ensuring a secure electoral environment. pic.twitter.com/anStSdetSQ
— Blue Wave 2023 (@OpsPoliceMv) September 30, 2023
9:55 - ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި. އެކަމަނާ ވޯޓު ލައްވާފައިވަނީ އަޙްމަދިއްޔާ އިންޓަަރނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.
9:51 : ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 9 ޖެހުމާއި ހަމަމައަށް 36000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި. މިއީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %12.84 މީހުންނެވެ.
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 09:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/CfPHCh3tOZ
— Elections Commission (@ElectionsMv) September 30, 2023
09:42 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޯޓުލެއްވުން
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފަޒްނާ އަހްމަދު ވޯޓް ލައްވައިފި
— PSM News (@psmnewsmv) September 30, 2023
#riyaaseeinthikhaab23 pic.twitter.com/Lh0VYDLg9y
9:39 - ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓުފޮށި ވަނީ ބަހައްޓާފައި.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށްޓަކައި ބަހައްޓާފައިވަނީ 586 ވޯޓް ފޮށި#riyaaseeinthikhaab23 pic.twitter.com/lrgfpBEaV7
— PSM News (@psmnewsmv) September 30, 2023
09:20 ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.#riyaaseeinthikhaab23 pic.twitter.com/bfitV38xys
— PSM News (@psmnewsmv) September 30, 2023
09:06 ރާއްޖޭގެ ހުރިހާ ހިސާބެއްގައިހެން އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ވަރަށް އަމާންކަމާއެކު ދަނީ ކުރިއަށް. އަތޮޅުތަކުގައިވެސް 319 ފޮށި ވަނީ ބައްޓާފައި.
09:00 - ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުނެގުން އަބޫދާބީ އަދި ލަންޑަން ފިޔަވާ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓި އެހެން ހުރިހާ މަރުކަޒެއްގައި ވަނީ ފެށިފައި. ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ޖުމްލަ 9 ފޮށި މި ބުރުގައި ބަހައްޓާފައިވޭ.
ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓުނެގުން އަބޫދާބީ އަދި ލަންޑަން ފިޔަވާ އެހެން ހުރިހާ މަރުކަޒެއްގައި ވަނީ ފެށިފައި
— Elections Commission (@ElectionsMv) September 30, 2023
08:53 - ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.
08:29 - ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓް ޙުސެއިން މުޙައްމަދު ލަޠީފް ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަކަށް.
ކުރިއަށްއޮތް 5 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށިއްޖެއެވެ.
މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.
ހަވީރު 5 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުން 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގެ 143،609 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ދެން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. މި އުމުރު ފުރާއިން ޖުމްލަ 116،047 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 65 އަހަރުން މަތީގެ 23148 މީހަކަށް މި ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
މާލޭ ސަރަޙައްދަށް އިތުރުކުރި 11 ވޯޓު ފޮށްޓާއި، ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކާއެކު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މި ބުރުގައި ވޯޓުލުމަށް އެއް ފޮށި ބަހައްޓާފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ މިފަހަރު 6223 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ ފުރަތަމަ ބުރާއި އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ. ފުރަތަމަ ބުރުގައި ރަޖިސްޓްރީވެފައިވަނީ 3327 މީހުންނެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،486 މީހުންނެވެ.