ކުޅިވަރު

މާލެ ވެޓްރެންސް އާއި ނިއުސްޓާއަށް މޮޅެއް


ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހަފްތާ ބަންދުގައި މެޗުތައް މާލޭ ވެޓަރަންސް އަދި ނިއު ސްޓާއިން ކާމިޔާބުކޮށްފިއެވެ.

ހަފްތާ ބަންދުގައި ކުޅުނު މެޗުތަކުން މިލާން ކްރިކެޓް އެކަޑަމީއާ ބައްދަލުކޮށް 6 ވިކެޓުން ކާމިޔާބު ކޮށްފައިވަނީ މާލޭ ވެޓަރަންސްއެވެ. މެޗުގެ ޓޮސް ދިމާވުމުން މިލާން ކްރިކެޓް އެކަޑަމީން ގަސްތުކުރީ ކުޅުމަށެވެ. އެ ޓީމުން ކުޅެންއަރާ 19.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 91 ލަނޑެވެ. މިލާން ކްރިކެޓް އެކަޑަމީން އެންމެ ރަނގަޅަށް ކުޅެފައިވަނީ 18 ލަނޑު ހެދި ލީމް ޝަފީގާއި 13 ލަނޑު ހެދި އާދަމް ނާސިފެވެ. ޖަވާބުގައި މާލޭ ވެޓަރަންސް ކުޅެންއަރާ 19.4 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން 92 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 21 ލަނޑު ހެދި ޕިޔާލް އާއި 21 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ޕްރަދީޕެވެ.

ނިއުސްޓާ މޮލުވީ އޮފްއެފްސީއާ ބައްދަލުކޮށް 6 ވިކެޓުން މެޗު މިޔާބުކޮށްގެންނެވެ. މެޗުގެ ޓޮސް ދިމާވުމުން އޮފްއެފްސީ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 9 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 136 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 37 ބޯޅައިން 50 ލަނޑުހެދި މުޙައްމަދު ސިއްޕާއެވެ. ޖަވާބުގައި ނިއު ސްޓާއިން ކުޅެންއަރާ 18 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 140 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 40 ބޯޅައިން 56 ލަނޑުހެދި ޝަފީގާއި 27 ލަނޑު ހެދި އަމީން މިލޯންއެވެ.

މި މުބާރާތުގެ ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާއިރު، އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.