މުނިފޫހިފިލުވުން

އިރްފާން ޚާންގެ ފަހު ފިލްމު ޔޫޓިއުބަށް


ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ އަހަރު މަރުވި ބޮލީވުޑް ތަރި އިރުފާން ޚާން ފާހަގަކޮށްލެވެނީ ބޮލީވުޑްގެ ވަރަށް ހުނަރުވެރި އެކްޓަރެއްގެ ގޮތުގައެވެ.

އިރުފާން ވަނީ ހިންދީ ސިނަމާއަށް ރީތި އެތައް ފިލްމެއް ގެނެސްދީފައެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "އަންގްރޭސީ މީޑިއަމް" އަކީވެސް އިރުފާންގެ ފޭނުންނަށް ވަރަށް ޚާއްޞަ ފިލްމެކެވެ. އެހެންނަމަވެސް އެ ފިލްމަކީ އިރުފާނުގެ ފޭނުންނަށް ފެންނާނެ އޭނާގެ އެންމެ ފަހުގެ ފިލްމެއް ނޫންކަން މިވަނީ ޔަޤީންވެފައެވެ.

2005 ވަނަ އަހަރު އިރުފާނު ކުޅެފައިވާ "ދުބާއީ ރިޓާރން" އަކީ މިހާތަނަށް ސިނަމާރަކާއި ހަމައަށް އައިސްފައި ނުވާ ފިލެމެކެވެ. ބެންޑްރާ ފިލްމް ފެސްޓިވަލްގެ ބައެއްގެ ގޮތުގައި ހިމަނައި މި ފިލްމު މިހާރު ވަނީ ޔޫޓިއުބަށް ދޫކޮށްލާފައެވެ. މިއާއެކު އިރުފާންގެ ފޭނުންނަށާއި ހިންދީ ފިލްމުތަކަށް ލޯބިކުރާ އެންމެނަށްވެސް ބެލޭނެ މި ފިލްމު ވެގެންދާނީ އިރުފާން ފެންނަ އެންމެ ފަހުގެ ފިލްމަށެވެ.

މިކަން ޔަޤީންކޮށްދީ އިރުފާންގެ ދަރިފުޅު ބާބިލްޚާން ވަނީ އަތުން ކުރަހާފައި އޮތް ފިލްމުގެ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ޙިއްޞާކޮށް ފިލްމު އިއްޔެ ރިލީޒްކުރާނެކަމަށް ބުނެފައެވެ.

ގޭންގްސްޓާރެއްގެ ރޯލުން އިރުފާން ފެނިގެންދާ "ދުބާއީ ރިޓާރން" ގައި އިރުފާންގެ އިތުރުން ވިނޭ މައުރިޔާ، ރަޒާޤް ޚާން، ދިވްޔާ ދައްތާ އަދި ރިތޫ ޝިވްޕޫރީވެސް ފެނިގެންދާނެއެވެ. އަދިތްޔާ ބަޓަޗަރްޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކޮމެޑީއެކެވެ.

1998 އަށްވަނަ އަހަރު "ސަލާމް ބޮމްބޭ" އިން ފިލްމީ ކެރިއަރ ފެށި އިރްފާން ހިންދީ ސިނަމާތަކުގައި ފާހަގަވެފައިވަނީ ތަފާތު ސްޓައިލެއް ގެންގުޅޭ ދައްކާ މޮޅު އެކެޓަރެއްގެ ގޮތުގައެވެ. އިރްފާންގެ ހިޓް ފިލްމުތަކުގެ ތެރޭގައި "ހިންދީ މީޑިއަމް" ، "ތަލްވާރު" ، "ޕީކޫ" އަދި "ލައިފް އޮފް ޕައި" ހިމެނެއެވެ.