ތިމާވެށި

ސަރޯޖްގެ މަރަށް އަހަރެއް، އޭނާގެ ހަޔާތަށް ފިލްމެއް ހަދަނީ


ހާޓް އެޓޭކެއް ޖެހިގެން މިދިޔަ އަހަރު ކުއްލިގޮތަކަށް މަރުވި ލެޖެންޑްރީ ކޮރިއޮގްރާފަރ ސަރޯޖް ޚާން މަރުވުމާއި ގުޅިގެން މުޅި ބޮލީވުޑަށް ލިބިގެން ދިޔައީ ކުއްލި ޝޮކެކެވެ.

71 އަހަރުގައި މަރުވި ސަރޯޖް މަރުވިތާ އިއްޔެ އެއްއަހަރު ފުރުނު އިރު ޓީ ސީރީޒްގެ ވެރިޔާ ބޫޝާން ކުމާރު މިވަނީ ސަރޯޖްގެ މައްޗަށް ބަޔޯ ޕިކް އެއް ހަދާނެ ކަމަށް އިޢުލާން ކޮށްފައެވެ.

ސަރޯޖް އަކީ ހަމައެކަނި ކޮރިއޮގްރާފަރެއް ނޫންކަމާއި ހިންދީ ސިނަމާގެ ނެށުންތަކަށް އިންގިލާބެއް ގެނެސްދީފައިވަނީވެސް ސަރޯޖް ކަމުގައި ބޫޝަން ވަނީ ބުނެފައެވެ. އަދި އާރޓް ފޯމްތަކަށް ސަރޯޖް ގެނެސްދީފައިވަނީ ވަރަށްބޮޑު ފުރިހަމަކަމެއް ކަމަށާއި މި ބަޔޯޕިކް ހެދުމަށް އެއްބަސްވިކަމަށްޓަކައި ސަރޯޖް ދެ ކުދިން ކަމަށްވާ ސުކަނިޔާ އަދި ރާޖޫ އަށް ބޫޝަން ވަނީ ޝުކުރު އަދާކޮށްފައެވެ.

މަންމަގެ ހަޔާތުގެ މައްޗަށް ބިނާކޮށް މި ފިލްމު ހަދާތީ ދެ މީހުންވެސް އުފާވާކަމަށް ސުކަނިޔާ އަދި ރާޖޫވެސް ވަނީ ބުނެފައެވެ. ރާޖޫ އަކީވެސް ކޮރިއޮގްރާފަރ އަކަށް ވާއިރު މަންމަ ހިނގި މަގުން ހިނގޭ ކަމަށްޓަކައި އޭނާ އުފާވާކަމަށްވެސް ރަޖޫ ބުނެއެވެ. އަދި މަންމަގެ ހުރިހާ ވާހަކަތަކެއް ބޫޝަން ފިލްމުގައި ގެނެސްދޭނެ ކަމަށް އުންމީދު ކުރާކަމަށް ސުކަނިޔާ ބުނެއެވެ.

ސަރޯޖް އަކީ ހިންދީ ސިނަމާގެ އެންމެ ފުރަތަމަ އަންހެން ކޮރިއޮގްރާފަރއެވެ. މިދިޔަ އަހަރު ޖުލައި 3 ވަނަ ދުވަހު ސަރޯޖް މަރުވިއިރު 3000 ށްވުރެ ގިނަ ލަވައަށް އޭނާވަނީ ކޮރޮއެގްރާފް ހަދާދީފައެވެ. އިންޑިއާގައި ދޭ އެންމެ ޝަރަޕުވެރި އެވޯޑް ފިލްމ ފެއަރ އެވޯޑްގައި އެންމެ ފުރަތަމަ ފަހަރަށް ކޮރިއޮގްރާފަރގެ އެވޯޑް އުފުލާލި ތަރިއަކީވެސް ސަރޯޖް ހާންއެވެ.

ސަރޯޖް ޚާން ކޮރިއޮގްރާފަރ ހަދާދީފައިވާ މަޝްހޫރު ލަވަތަކުގެތެރޭގައި ފިލުމް "ތޭޒާބް" ގެ އޭކް ދޯ ތީން، "ހަމް ދިލްދޭ ޗުކޭ ސަނަމް"ގެ ނިބުޑަ ނިބުޑާ، "ދޭވްދާސް"ގެ ޑޯލަރެ ޑޯލާ، "ކަލްނަޔަކް" ގެ ޗޯލީކޭ ޕީޗޭ ކިޔާހޭ ހިމެނެެއެވެ.