ޚަބަރު

ޔޫރޯގެ ނަތީޖާ ދިމާ ކުރުމަށް އެތެއް


ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނަތީޖާ ދިމާކުރުމުގެ މަސައްކަތް ހަމްބާގްގެ ޒުލެއްގައި އޮންނަ އެތަކުން ފަށައިފިއެވެ.

ވޯލްޑް ކަޕާއި ޔޫރޯފަދަ ބޮޑެތި ފުޓްބޯޅަ މުބާރާތުގެ ނަތީޖާ ދިމާ ކުރުމަށް އެކި ގޮތްގޮތުން ބައެއް ފަރާތްތަކުން ވަރަށް ގިނަ ފަހަރު މަސައްކަތް ކުރެއެވެ. މިމަހުގެ 11ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މެޗްތަކުގެ ނަތީޖާ ޖަރުމަންގެ ހެންބާގްގެ ޒުލެއްގައި އޮންނަ އެތަކުން މަސައްކަތް ކުރަމުންދާއިރު، މިއެތުން އެންމެ ފުރަތަމަ ނަތީޖާ ދިމާ ކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަންވިލާތާއި ފްރާންސް ބައްދަލުކުރާ މެޗްގެ ނަތީޖާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

41 އަހަރުގެ ޔަސްހޫޓާ ނަމަކަށް ކިޔާ މިއެތް މެދުވެރިކޮށް ނަތިޖާ ދިމާކުރުމަށް ހަމްބާގް ޒުލުން މިމަސައްކަތް ފަށާފައި ވަނީ މީދެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އަދި ކޮންމެ މެޗެއްގެ އެއް ދުވަސްކުރިން މިއެތް މެދުވެރިކޮށް މެޗްތަކުގެ ނަތީޖާ ދިމާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޔަސްހޫޓާ އުފަންވެފައި ވަނީ އިންޑިޔާގެ ޒުލެއްގައި ކަމަށްވީނަމަވެސް، 1990ވަނަ އަހަރު ހަމްބާގްއިން ވަނީ ޔަސްހޫޓާ އިންޑިޔާއިން ޖަރުމަނަށް ގެނެސްފައެވެ. ޔަސްހޫޓާގެ ބަރުދަނުގައި 3.8 ޓަނު ހުންނައިރު، ދުވާލެއް މައްޗަށް 150ކިލޯއަށް ވުރެއް ގިނަ ކާއެއްޗެހިކައެވެ. މިމަހުގެ 11ވަނަ ދުވަހު ފެށުމަށް

ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އިޓަލީއާއި ތުރުކީ މެޗުންނެވެ.
މީގެ ކުރިންވެސްވަނީ އެކި ޖަނަވާރުތައް ބޭނުންކޮށްގެން މިފަދަ ބޮޑެތި މުބާރާތްތަކުގެ މެޗްތަކުގެ ނަތިޖާ ދިމާ ކުރުމަށް މަސައްކަތްކޮށްފައެވެ. މިގޮތުން އެންމެ މަޝްހޫރުވެފައިވަނީ ޕޯލް ދަ އޮކްޓޮޕަސްއެވެ. މިބޯވަ ވަނީ ވަރަށް ގިނަ މެޗްތަކުގެ ނަތީޖާ ދިމާކޮށްފައެވެ.