 
										
			ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ކޯވިޑުން ރަނގަޅުވެއްޖެއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޯވިޑް-19އިން ރަނގަޅުވެފައިވާކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެކަމަނާ ވަނީ ބަލިން ފަސޭހަވިކަން ހާމަކުރައްވައި، ހެޔޮ ދުޢާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 
		
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެކަމަނާ ޕޮޒިޓިވްވިޔަސް، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ދެކަނބަލުންގެ ބޭފުޅުން ހެއްދެވި ޓެސްޓުތަކުގެ ނަތީޖާ ވަނީ ކޯވިޑަށް ނެގެޓިވްވެފައެވެ.