ޚަބަރު

އޯޕަންބައިގެ ފައިނަލަށް ސަންކުއިކް ލިލީއާއި ޝުގަރކޯން


ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ފައިނަލަށް ސަންކުއިކް ލިލީ އާއި ޝުގަރކޯން ދަތުރުކޮށްފިއެވެ. ސެމީ ފައިނަލް ފުރަތަމަ މެޗް ސަންކުއިކް ލީލީ ކާމިޔާބުކުރީ ވެލް ލެފްޓްއާއި ވާދަކޮށް 39 ލަނޑުންނެވެ.

މިމެޗްގައި ސަންކުއިކް ލިލީ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 2 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 121 ލަނޑެވެ. ސަންކުއިކް ލިލީ ޓީމުގެ އަހުމަދު ހަސަން 35 ލަނޑު، ޔޫސުފް އަޒިޔާން ފަރުހަތު 27 އަދި ހަސަން އިބްރާހިމް 26 ލަނޑުހެދިއެވެ. ޖަވާބު ވެލް ލެފްޓް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 82 ލަނޑެވެ. ވެލް ލެފްޓްގެ ހުސެން މަފާޒް 18 ލަނޑު، އިބްރާހިމް ޢަލީ 14 ލަނޑު، ސާޒް ހަބީބް 26 ލަނޑަށް 4 ވިކެޓް ނެގިއެވެ. .

ސެމީ ފައިނަލް ދެވަނަ މެޗް ޝުގަރކޯން ކާމިޔާބުކުރީ ކޭޑީއެމްއާއި ވާދަކޮށް 2 ވިކެޓުންނެވެ. މިމެޗްގައި ޓޮސް ދިމާވުމުން ކޭޑީއެމް ގަސްތުކުރީ ކުޅުމަށެވެ. އގޮތުން އެޓީމުން ކުޅެންއަރާ 8 އޯވަރުގެތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 104 ލަނޑުހެދިއެވެ. ކޭޑީއެމްގެ އާދަމް ނާސިފް 35 ލަނޑު، މުއާވިއަތު އަބްދުލްޣަނީ 26 ލަނޑުހެދިއެވެ. ޖަވާބުގައި ޝުގަރކޯން ކުޅެންއަރާ 8 ވަނަ އޯވަރުގައި 6 ކުޅުންތެރިން ނުބައިވެގެން 107 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ. ޝުގަރކޯންގެ މުހަންމަދު އާމިރު 33 ލަނޑު އަދި އަހުމަދު އާމިރު 19 ލަނޑުހެދިއެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވިފައިވަނީ 458 ޕޮއިންޓާއެކު ސަންކުއިކް ލިލީގެ އަހުމަދު ހަސަން، 293 ޕޮއިންޓާއެކު ކޭޑީއެމްގެ އާދަމް ނާސިފް އުމަރު، 277 ޕޮއިންޓާއެކު ވެލް ލެފްޓްގެ ހުސެން މަފާޒް، 255 ޕޮއިންޓާއެކު ސަންކުއިކް ލިލީގެ ޔޫސުފް އަޒިޔާން ފަރުހަތު އަދި 248 ޕޮއިންޓާއެކު ސްނަކުއިކް ލިލީގެ ހަސަން އިބްރާހިމްއެވެ.

މުބާރާތުގެ ގެ ފައިނަލްގައި މިއަދު ހަވީރު ބައްދަލުކުރާނީ ސަންކުއިކް ލިލީ އާއި ޝުގަރކޯންއެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނި އެއްނަނބަރ ދަނޑުގައެވެ. ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:15ގައެވެ.