ޚަބަރު

ކޯވިޑް-19 : ނިޔާވި މީހުންގެ ޢަދަދު 52އަށް


ރާއްޖެއިން އަނެއްކާވެސް ކޯވިޑް-19 ގައި މީހަކު ނިޔާވެއްޖެއެވެ.

މިބައްޔަށް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިރޭ 7:33 ހާއިރު ނިޔާވީ ޢުމުރުން 88 އަހަރުގެ ދުވެހި ފިރިހެނެކެވެ. މިއީ މިހާތަނަށް ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 52ވަނަ މީހާއެވެ.


މިއީ މިއަހަރުފެށުނުފަހުން މިހާތަނަށް ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 4ވަނަ މީހާއެވެ. ޖެނުއަރީ މަހުގެ 7ވަނަދުވަހާއި 21ވަނަ ދުވަހާއި 24ވަނަ ދުވަހުވެސް ކޮންމެ ދުވަހަކު ކޯވިޑް-19ގައި މީހަކު ނިޔާވިއެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.