ކުޅިވަރު

މޯލްޑިވްސް ވޭވެގެ ބްރޭންޑް އެމްބަސަޑަރަކަށް ޢަލީ އަޝްފާގު


ރާއްޖޭގެ އަތުކުރި ގަޑި ބްރޭންޑް މޯލްޑިވްސް ވޭވެގެ ބްރޭންޑް އެމްބަސަޑަރަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ލަނޑު ލީސްޓުންގެ ޖާގަ ހޯދާފައިވާ ދަގަނޑޭ އެމްބަސަޑަރަކަށް ހަމަޖެއްސީ ރާއްޖޭގެ އުފެއްދުންތައް ޕްރޮމޯޓްކުރުމުގައި ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް މަގުބޫލު ބްރޭންޑަަކަށްވާތީ ކަމަށް މޯލްޑިވްސް ވޭވްސް އިންބުނެއެވެ. ޒުވާން ޑިޒައިނަރެއް ކަމަށްވާ އަޒްމަތު އިބްރާހިމްގެ ބުރަ މަސައްކަތުން އަމިއްލަ ޑިޒައިނަކަށް ތައްޔާރުކުރާ މި ގަޑިތައް ފަރުމާކުރުމުގައި ލިޔެލާ ޖެހުން ފަދަ ޑިޒައިންތައް ބޭނުންކޮށް ވީހާ ވެސް ބޮޑަށް ރާއްޖެ ރަމްޒުކޮށްދޭ ގޮތްތައް ހިމަނާފައިވެއެވެ.

މީގެ ކުރިން މޯލްޑިވްސް ވޭވްގެ އެމްބަސަޑަރަކަށް ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްވެސް ހަމަޖައްސައިފައެވެ. އަދި މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން މާލީ ދަތިތަކެއް ކުރިމަތިވާ ވަގުތެއް ކަމަށްވާތީ އާންމުންނަށް ގަޑި ވިއްކުމުގައި ޑިސްކައުންޓް ރޭޓުތަކެއް ވެސް ހަމަޖައްސައިދެމުންދާ ކަމަށް މޯލްޑިވްސް ވޭވް އިން މައުލޫމާތުދެއެވެ. މޯލްޑިވްސް ވޭވްގެ ލިޔެލާ ކަލެކްޝަންގެ ގަޑިއެއް ދަގަނޑޭ އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރާއްޖޭގެ ފުރަތަމަ އަތުކުރި ގަޑީގެ ބްރޭންޑްގެ އެމްބަސަޑަރަށް ވުމަކީ ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށެވެ.