އަފްޣާނިސްތާނުގެ ތާލިބާނުންގެ އައު ޒައީމް މުއްލާ މަންސޫރު އަފްޣާނިސްތާނުގެ އެއްބައިވަންތަ ކަމަށް ގޮވާލައިފިއެވެ.ބަރަކާތްތެރި އަޟްޙާ އީދު ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި މުއްލާ މަންސޫރު ވަނީ އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށްޓަކައި އަފްޣާން ސަރުކާރާ ވާހަކަދެއްކުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.ނަމަވެސް ތާލިބާނުންގެ އެހެން ގޮތްޕަކުން ނެރުނު ބަޔާނެއްގައި އެޖަމާއަތުގެ ޒައީމަކަށް މުއްލާ މަންސޫރު ހަމަޖައްސާފައިވާ ގޮތާމެދު ސުވާލު އުފައްދައި ތާލިބާން ޖަމާއަތުގެ ޒައީމު ކަމުގެ މަގާމަށް މީހަކު އިޚްތިޔާރު ކުރުމުގެ ކަންތައް އަލުން ކުރުމަށް ވަނީ ގޮވާލާފައެވެ.އަފްޣާން ތާލިބާނުންގެ ކުރީގެ ޒައީމް މުއްލާ މުހައްމަދު އުމަރު މަރުވިފަހުން އެޖަމާއަތުގެ އިސްފަރާތްތަކުގެ މެދުގައި ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ.