އިނގިރޭސި ލީގު ކަޕުގައި ލިވަޕޫލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރަސަތު ހޯދުން އެއީ އާސެނަލުން ކުރިޔަށްއެޅި މުހިންމު ފިޔަވަޅެއް ކަމަށް އެޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ވަރަށް މޮޅަށް ކުޅެގެން ނުނީ ލިވަޕޫލް ދަނޑުގައި މޮޅުނުވޭވޭނެކަމަށާއި އޭނާގެ ކުޅުންތެރިން އެކަން ރޭގައި ހާސިލުކުރީ ކަމަށް މެޗަށްފަހު ވާހަދައްކަމުން އާޓެޓާ ބުންޏެވެ. އޭނާ ބުނީ ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހޯމަ ދުވަހުގެ މެޗުގައި ހެދި ގޯސްތައް މިމެޗުގައި ރަނގަޅު ކުރިތަން ފެނިގެން ދިޔަކަމަށެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ސިޓީއާ ވާދަކުރަން ޖެހުމުން އެއްވެސް ހާސްކަމެއް ނެތްކަމަށާއި ވަރުގަދަ ޓީމުތައް މުބާރާތުގައި މިހާރު ނެތް ކަމަށް އާޓެޓާ ބުންޏެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ސިޓީއާ ވާދަކުރަންޖެހޭ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެކަމަށް ވެސް ސިޓީގެ ކުރީގެ އެސިސްޓަންޓް ކޯޗު ބުންޏެވެ.