ކުޅިވަރު

ޔުނައިޓެޑާއި ސިޓީ އަދި އެވަޓަން ކުއާޓާ ފައިނަލަށް


އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ އަދި އެވަޓަން ޖާގަ ހޯދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑު ކުއާޓާ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ހަތަރު ވަނަ ބުރުގައި ރަށުން ބޭރުގައި ބްރައިޓަންއާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ޔުނައިޓެޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭގެ އިތުރުން ޕޮގްބާއާއި ހުއާން މާޓާއެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުއާން މާޓާ ވަނީ އެންމެ ފަހުން ކުޅުނު ޔުނައިޓެޑަށް ކުޅެދިން 15 މެޗުގައި 5 ލަނޑު ޖަހާ 8 އެސިސްޓް ހަދާފައެވެ.

މެންޗެސްޓަރ ސިޓީގެ ރަހީމް ސްޓާލިންގެ ދެ ލަނޑާއެކު ސިޓީ ވަނީ ރަށުން ބޭރުގައި ބާންލީގެ މައްޗަށް ކުރި ހޯދާ ކުއާޓާއިން ޖާގަ ހޯދާފައެވެ. ސީޓީން މެޗު ކާމިޔާބުކުރީ ބާންލީއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. ސިޓީގެ އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރަން ޓޮރެސްއެވެ. މުބާރާތުގެ އެންމެ ފަހުގެ ތިން އަހަރުގެވެސް ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެންމެ ފަހުން މުބާރާތުގައި ބަލިވެފައިވަނީ 2016 ވަނަ އަހަރެއެވެ.

ޑޮމިނިކް ކުލައިވެޓް ލެވިންގެ މި ސީޒަންގައި ހެދި ދެވަނަ ހެޓްރިކާއެކު އެވަޓަން ވަނީ 4-1 އިން ވެސްޓްހަމް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. ވެސްޓް ހޭމް އަތުން އެވަޓަން މޮޅުވި މެޗުގައި އިންގްލެންޑުގެ ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ހެޓްރިކެއް ހަދައިފައެވެ. އަނެއް ގޯލް ޖެހީ ބްރެޒިލްގެ ރިޗާލިސަންއެވެ. ވެސްޓް ހޭމްގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ރޮބަޓް ސްނޮގްރާސްއެވެ.

މުބާރާތުގައި ރޭ ނިއުކާސްލް ޔުނައިޓެޑު ވަނީ އިނގިރޭސި ލީގު ދޭއްގައި ވާދަކުރާ ނިއުޕޯޓް މައްޗަށް 5-4 ލަނޑު ޕެނެލްޓީގައި ކުރިހޯދާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. މެޗުގެ 87 ވަނަ މިނެޓާ ހަމަޔަށްވެސް ނިއުޕޯޓުން 1-0 ލަނޑުން ކުރީގައި އޮތް ނަމަވެސް އޭގެ މިނެޓެއް ފަހުން ނިއުކާސްލްގެ ޖޮންޖޯ ޝެލްވީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކުރިއެވެ.