ލޮކްޑައުން ދޭ ލުއިތަކުގެ ސަބަބުން ނުކުންނަ ނަތީޖާ އެގޭނީ ދެހަފްތާ ފަހުންކަމަށް ޑރ އަލީ ލަތީފު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި އިއުލާންކޮށް ފައިވާ ފުރަބަންދަށް ދޭ ލައިތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަނުން ޑރ އަލީ ލަތީފު ވިދާޅުވީ ލުއިތައް ދިނުމުގައި ބައެއް ކަަހަކަ ހިފެހެއްޓުންތައް ބަހައްޓާފައިވަނީ ދޭ ލުއިތަކުގެ ނަތީޖާ އެގޭނީ ދެ ހަފްތާއަށްފަހުކަމަށެވެ. ޑރ އަލީ ލަތީފު ވިދާޅުވީ މި ގޮތަށް ބައެއް ލުއިތައް ދިނުމަށްފަަހު އެސެސްމެންޓެއް ހެދޭނީ ތިންވަނަ ހަފްތާގައިކަމަށެވެ. ކުރިން ކާފިއު ހިންގި ދުވަސްވަަރު ވަގުތު ހަމަވުމުން ގިނަ ބަޔަކު މަގުމައްޗަށް ނުކުންކަން ފާހަގަކުރައްވަމުން ޑރ އަލީ ލަތީފު ވިދާޅުވީ މިފަހަރު ހިފެހެއްޓުންތަކާއި އެކު ލުއިތައް ދޭންޖެހުނީ މި ފަހަރު އެގޮތަށް ގިނަ ބަޔަކު އެއްފަހަރާ ނުކުމެއްޖެނަމަ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެތީކަމަށެވެ.
" ތެދުތެދަށް ދަންނަވަނީމަ އަޅުގަޑުމެންނަށް ނޭގޭ މިހާ ގިނަދުވަސްތަކެއް ވަންދެން ގިނަ ބޭފުޅުންތަކެއް ގޭގައި ތިއްބަވާފަ ކޮންމެވެސް ވަރަކަށް ހުއްދަ ލިބުމުން އަމަލުތައް ހުންނާނެ ގޮތެއް.މި ބަލީގެ ކުރީކޮޅުގައި އަޅުގަޑުމެންނަށް ފެނުނީ ކާފިއު ހިންގާފައި އޮތް އިރު އަޅުގަޑުމެންނަށް ފެނުނީ ކާފިއު ނިމޭއިރަށް އޭގެ ފަހުން ގިނަ ބޭފުޅުން ވަރަށް މަގުމައްޗަށް ނުކުމެ ވަޑައިގެންކަން. އެހެން މި ފަހަރު ވެއްޖެނަމަ އަޅުގަޑުމެންނަށް ގިނަ ގެއްލުންތަކެއް ވެގެންދާނެކަމަށް. " ޑރ އަލީ ލަތީފު ވިދާޅުވިއެވެ.
ލުއިތައް ދޭ އިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑރ ލަތީފު ގޮވާލެއްވިއެވެ. އެހެންނަމަވެސް މަގުމައްޗަށް ނުކުންނަށް އިރު މާސްކުއެޅުން މަޖްބޫރު ނުކުރާނެކަމަށާއި އެހެންނަމަވެސް މާސްކަ އެޅުން މަޖްބޫރު ވާނެ ބައެއް ތަންތަން ހުންނާނެކަމަށްވެސް ޑރ އަލީ ލަތީފު ވިދާޅުވިއެވެ.
"މަނާކުރަނީ ކީ ނޫން . އާއްމުކޮށް ބޭރުގައި އުޅޭ އިރު މާސްކު އަޅަައިގެ އުޅޭކަށް އަޅުގަނޑުމެންގެ ސްޓޯރޯންގ ރިކޮމެންޑޭޝަނެއް ނެތް. އެހެންނަމަވެސް ބައެއް ތަންތަން މިސާލަކަށް އެއަރޕޯތް ކަހަލަ ތަންތަން އެއީ ކޮންމެހެން އަޅަންޖެހެ ތަންތަންކަމަޑް ބާއްވަން އަޅުގަޑުމެން ވިސްނަނީ .ފިހާރަތަކަށް އަދި ބަންދުތަންތަން ވަންނަ އިރު މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް. މިސާލަކަށް ފިހާރައަކުން ނިންމަފާނެ އެތަން މާސްކް ނާޅާ ނުވަދެވޭނެ ކަމަށް އެއަށް އިހްތިރާމް ކުރަންޖެހޭނެ " ޑރ އަލީ ލަތީފު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަަބަންދަށް މާދަމާއިން ފެށިގެން ލުއިތަކެއް ދިނުމަށް މިވަނީ ނިންމާފައެވެ. އެގޮތުން ގޭބިސީއަކުން ތިން މީހުންނަށް ދެ ގަޑިއިރަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަދޭން ވަނީ ނިންމާފައެވެ. މީގެއިތުރުން ގިނަ ފިހާރަތަކަށް ހުޅުވުމަށްވެސް ހުއްދަދޭން ވަނީ ނިންމާފައެވެ.