ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 30،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ހަލުވިކަމާއިއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގައި ގިނަބަޔަކު ދަނީ ބަލިޖެހި ބަލީގައި ފަރުވާ ހޯދަމުންނެވެ. މިރެޔާ ހަމަޔަށް މިބަލީގައި މަރުވި މީހުންގެ ޢަދަދު 30،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ސީރިއަސް ޙާލުގައި 24،000 އަށްވުރެ ގިނަ މީހުން މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ.
ކޯވިޑް-19 ޖެހުނުމީހުންގެ ޢަދަދު މިރެޔާ ހަމައަށް 646،000 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. ބަލީގައި މިހާތަނަށް ރަގަނޅު ވެފައިވަނީ 139،000 ހާހަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.
ފެބުރުއަރީމަހުގެ 22އިން މިމަހުގެ 27 ނިޔަލަށް ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ އިންތިހާޔަށް މައްޗަށް އަރައިގެން ގޮސްފައެވެ. ކޮންޓްރޯލެއްނެތި ބަލި ފެތުރެމުންދާއިރު، މި މުއްދަތުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.
ހަލުވިކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ މިހާރު އެންމެބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ޔޫރަޕުގެ ޤައުމުތަކުގައެވެ. މިބަލި އެންމެފުރަތަމަ ފެނުނު ޗައިނާއިން ގާތްގަނޑަކަށް މިބަލިން އަރައިގަނެވި އާންމު ދިރިއުޅުމަކަށް ކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ޔޫރަޕްގެ ބޮޑެތި ޤައުމުތަކުން ދަނީ ބައްޔާއި ދެކޮޅަށް ބޮޑު ހަގުރާމައެއްކުރަމުންނެވެ.
ކޯވިޑްގެ ނުރައްކާ އެންމެ ބޮޑުކަމަށް ދައްކާ އެމެރިކާގައި މިހާތަނަށް 116،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އެމެރިކާއިން މިހާތަނަށް 1،900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ކޮންޓްރޯލްނުވެ އެންމެ ހަލުވިކޮށް ފެތުރެމުންދާ ގައުމެއްގެ ގޮތުގައިވެސް ފާހަގަކުރެވިފައިވަނީ އެމެރިކާގައެވެ. ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން އިޓަލީ ވިލާތުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 92،000 އަށްވުރެ މައްޗަށް އަރާފައެވެ. ބަލީގައި މިހާތަނަށް އިޓަލީން 5،900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން، ޖަރުމަން، އިރާން، ފްރާސް ހިމެނެއެވެ. މިޤައުމުތަކުން ދަނީ ބަލި ކޮންޓްރޯލްކޮށް ފެތުރަ ދުނިނުމަށް ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އަދި މިދަނޑިވަޅުގައި އެޤައުމުގެ ސަރުކާރުތަކުން އަންގާ އެންމެގުންތަކަށް އަމަލުނުކުރާ މީހުންނާއިމެދު ބޮޑެތި ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.