މުނިފޫހިފިލުވުން

ޝޯގައި ގިނަ ސަޕްރައިޒްތަކެއް ހިމެނޭނެ- ސަނަމް ބޭންޑް


މިނިވަން 50 އާ
ގުޅިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޝޯގައި ގިނަ ސަޕްރައިޒްތަކެއް
ހިމެނޭނެ ކަމަށް އެޝޯގައި ބައިވެރިވުމަށް އިންޑިއާއިން މިއަދު އައި ސަނަމް ޕޫރީ
އާއި، އޭނާގެ ސަނަމް ބޭންޑުން ހާމަކޮށްފިއެވެ.



މިއަދު ހެނދުނު
ރާއްޖެއަށް އައިސްފައިވާ ސަނަމް ބޭންޑްގެ ލީޑް ލަވަ ކިޔުންތެރިޔާ ސަނަމް ޕޫރީ ބުނީ
ޝޯގައި އެމީހުން ކިޔާނެ ލަވަތަކަކީވެސް ސަޕްރައިޒްއެއް ކަމަށާއި، އަދި ސަޕްރައިޒް
ގެސްޓުންތަކެއްވެސް ޝޯގައި ބައިވެރިވާނެ ކަމަށެވެ.

ބެލުންތެރިންގެ
މެދުގައި މަޤްބޫލްކަން ހޯދާފައިވާ ސަނަމް ބޭންޑުން ބުނީ ރާއްޖޭގެ ލަވަކިޔުންތެރިޔާ
މީރާ މުހައްމަދު މާޖިދު އާއި އެކު ކުރިއަށް ގެންދިޔަ ޕްރެކްޓިސްތައް ވަރަށް
ކާމިޔާބް ކަމަށާއި ބެލުންތެރިންނަށް ސަނަމްގެ ޝޯ ކަމުދާނެ ކަމަށް އުއްމީދް ކުރާ
ކަމަށެވެ.



މި ޝޯގެ އިވެންޓް
މެނޭޖަރ މުހައްމަދް ޝިފާއު ބުނީ މި ޝޯއަށް ވާން ޖެހޭ އެއްމެ ފަހުގެ  ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި މި
ޝޯއަށް ތައްޔާރުކުރާ ސްޓޭޖަކީ ގާތްގަނޑަކަށް 60 ފޫޓްގެ ބޮޑު ސްޓޭޖެއް
ކަމަށެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ހަދާ އެއްމެ ބޮޑު ސްޓޭޖްކަން ޝިފާއު
ފާހަގަކުރެއްވިއެވެ.ހޮނިހިރު ދުވަހުގެ
ރޭ 8:30 ގައި ލޮނުޒިޔާރަތްކޮޅުގައި ބާއްވާ މި ޝޯވްގައި ގިނަ
ސަޕްރައިޒްތަކެއް ހިމެނޭނެ ކަމަށްވެސް މި ޝޯގެ އިވެންޓް މެނޭޖަރ ޝިފާއު ވަނީ ބުނެފައެވެ.



މި
ޝޯ ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވާ ޓީމް ޒުވާނުންގެ ފަރާތުން ދަނީ
"ސަނަމް ޝޯވް އަށް މަވެސްދާނަން" މި ޝިޔާރާއެކު ގިނަ ހަރަކާތްތަކެއް
ބާއްވަމުންނެވެ. އެގޮތުން ފޮޓޯ ސެޝަން ތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ
ދުވަހެއްގެ ހަވީރު އަދި ރޭގަނޑު ކުރިއަށްދާނެ ކަމަށް އެ ޓީމްގައި ފަރާތުން
މައުލޫމާތުދިން އަލީ ހަމީދް ބުނެފައިވެއެވެ.



މި
މިއުޒިކް ޝޯވއަކީ ވިޒިޓް މޯލްޑިވްސް އިޔަރ މިއުޒިކް ފެސްޓިވަލްގެ
“އިންޑިޕެންޑެންސް ޑޭ އެޑިޝަން” ގެ ނަމުގައި ބާއްވާ ޝޯއެކެވެ. މި ޝޯވްއިން
ބޮލީވުޑްގެ މައްޝޫރު ސްޓާރެއްވެސް ފެނިގެންދާނެ ކަމަށް މައުލޫމާތުލިބެއެވެ.