ދުނިޔެ

ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމަށް އީރާނުގެ އެހީ ބޭނުން- ފްރާންސް


ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ މުޖްތަމައަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ފަރަންސޭސި ރައީސް ފޮންސުވާ އޮލޯންދް އީރާނަށް ގޮވާލައްވައިފިއެވެ.ފަރަންސޭސިވިލާތުން އިއްޔެ ފާހަގަކުރި އެގައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައި އޮލޯންދް ވިދާޅުވީ ސޫރިޔާގައި ހިނގާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް އެޅެންއޮތް ފުރަތަމަ ފިޔަވަޅަކީ ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ދުރުވެ ވަޑައިގަތުން ކަމަށާ މިކަމުގައި އީރާނުގެ އެހީތެރިކަން ބޭނުންވާކަމަށެވެ.އޮލޯންދްގެ ޚިތާބުގައި އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމަށް އެޤައުމާއި ދުނިޔޭގެ ބާރުތަކުން އިއްޔެ ސޮއިކުރި އެއްބަސްވުމަށް ތާއީދު ކުރައްވައި އެކަމަށް މަރްޙަބާ ވިދާޅުވިއެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއެއްބަސްވުމާއެކު އުވާލުމުން ސަރަހައްދީ ފެންވަރުގެ އިޤްތިޞާދީ އަދި މާލީބާރަކަށް އީރާންވެގެންދާނެ ކަމަށްވެސް އޮލޯންދް ވިދާޅުވިއެވެ.