ކުޅިވަރު

އެފްއޭއެމްގެ ގްރާސް ރޫޓް ޕްރޮގްރާމްތަކަށް އޭއެފްސީން ބުރޯންޒް މެމްބަރޝިޕް


އެފްއޭއެމްގެ ގްރާސް ރޫޓް ޕްރޮގްރާމްތަކަށް އޭއެފްސީއިން ބުރޯންޒް މެމްބަރޝިޕް ދީފިއެވެ.

ރާއްޖޭގެ ގްރާސް ރޫޓްގެ މަސައްކަތަށް ފީފާއިން ބްރޮންޒް މެމްބަރޝިޕް ދިނީ އޭއެފްސީގެ މެންބަރު ޤައުމްތަކުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް އަދި އެންމެ ތުއްތު ކުދިންގެ މެދުގައި ފުޓްބޯޅަ އާލާކޮށް ދިރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ބަލައިގަނެ އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ފީފާ އަދި އޭއެފްސީއިން އަބަދުވެސް ގްރާސް ރޫޓްގެ ޕްރޮގްރާމްތަށް ހިންގުމަށް ވަރަށް ބޮޑު ސަމާލްކަމެއް ދޭ. ގްރާސް ރޫޓް ޕްރޮގްރާމްތަކަށް އޭއެފްސީއިންވަނީ ތިން މެމްބަރޝިޕެއް ތަޢަރަފްކޮށްފައެވެ. އެއީ ގޯލްޑް، ސިލްވާ އަދި ބުރޯންޒްއެވެ. ރާއްޖެއަށް ބުރޯޒް މެމްބަރޝިޕް ލިބިފައިވަނީ ރާއްޖެއިން ފުޓްބޯޅަ ތަރައްގީ ކުރުމާއި ވައިޑީޕީ ޕްރޮގްރާމްތަކުގެ ފެންވަރުގެ އިތުރުން ރާއްޖޭގެ އެކަޑަމީތަކުގައި ފުޓްބޯޅަ ދަސްކުރުމަށް ކުދިން ބައިވެރިވާ މިންވަރަށް ބަލާފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖެއިން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތް އޭއެފްސީ ވަރަށް ބޮޑަށް ބަލައިގަނެވެފައިވާކަމަށާއި މިއީ މިފަދަ ކުޑަ ގައުމްއަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.