ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އަކްޝޭގެ ފިލްމް " މިޝަން މަންގަލް " ގެ ޓީޒާ ދައްކާލައިފިއެވެ.
މަޝްހޫރު ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނަ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު، ވިދްޔާ ބާލަން، ތާޕްސީ ޕަންނޫ، ސޮނާކްޝީ ސިންހާ، ނިތްޔާ މެންނަން، ޝަރުމަން ޖޯޝީ، އަދި ކްރިތީ ކުލާރީ ހިމެނެއެވެ.
މި ފިލްމަކީ އިންޑިއާގެ ސްޕޭސް ރިސާޗް ސެންޓަރުން ފުރަތަމަ ފަހަރަށް ކުރިޔަށް ގެންދިޔަ މާރސް މިޝަން އޮޕަރޭޝަންގެ މަސައްކަތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
ފިލްމުގެ ފުރަތަމަ ދައްކާލި 45 ސިކުންތުގެ ޓީޒާއިންވެސް ފެނިގެންދަނީ އިންޑިއާގެ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން
( އައިއެސްރާއޯ) ކުޅާދާނަ ސައިންޓިސްޓުން 2014 ގައި މާސްއަށް ފޮނުވާލި ސްޕޭސް ކްރާފްޓް އުފެއްދުމަށް ކުރި ކާމިޔާބު މަސައްކަތެކެވެ.
އިންޑިއާގެ މިނިވަން ދުވަސް 15 އޮގަސްޓާއި ދިމާކޮށް ނެރުމަށް ތައްޔާރުވަމުންދާ މި ފިލްމް ބޮކްސް އޮފީހުގައި ކާމިޔާބީ ހޯދާނެކަމަށް ބައެއް މީހުން މިހާރުވެސް ވަނީ ބުނަން ފަށާފައެވެ. ޕްރަބާސް އާއި ޝަރުދާ ކަޕޫރުގެ "ސާހޯ" އާޢި ޖޯން އަބްރަހަމްގެ "މުރުނަލް ޓާކޫރްގެ ބަޓްލާ ހައުސް" ވެސް ސިނަމާއަށް އަންނަނީ ހަމަ އޮގަސްޓް 15 ދުވަހުއެވެ.
މި ފިލްމްގައި އަކްޝޭ ފެނިގެންދަނީ ރާކޭޝް ދާވަން ކިޔާ ސައިންޓިސްޓެއްގެ ގޮތުގައިއެވެ. ވިދްޔާ ފެނިގެންދަނީ ތާރާ ޝިންޑޭ ކިޔާ ރިސާރޗްކުރާ މީހެއްގެ ރޯލުންނެވެ.