ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ސަރުކާރުން ތާއީދު ކުރައްވާކަމަށް އެމްއޯސީން ބުނެފިއެވެ. އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ. 2023ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބިޑް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ. ރާއިސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވި މިބައްދަލުވުމުގައިވަނީ މިއަންނަ ޖުލައި މަހު މޮރިޝަސްގައި ބާއްވާ ގޭމްސްއަށް ވަޑައިގަތުމަށް ރައީސް ސޯލިހަށް މޮރީޝަސްގެ ޓޫރިޒަމް މިނިސްޓަރު ދެއްވި ދައުވަތު އެމްއޯސީންވަނީ އަރުވާފައިއެވެ. 2015 ރާއްޖެއިން ވަނީ މިއަހަރުގެ ބޭއްވުމަށް ހަމަޖެހިފައިވާ އައިއައިއޯޖީ ބޭއްވުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަން ކުރެވޭ ގޮތްވަނީ ނުވެފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖޭގެ ގައުމީ ޓީމްތައް މިސަރަހައްދުން ބޭރުގެ ގައުމްތަކާއި ވާދަކޮށްގެން އެންމެ ގިނަ ކާމިޔާބީތަށް ހޯދާފައިވާ މުބާރާތެކެއެވެ. މަލްޓި ސްޕޯޓިންގ އިވެންޓަކުން ރާއްޖޭގެ އެތްލީޓަކު ފުރަތަމަ ރަން މެޑަލް ހޯދީ 2015ގެ އައިއޯއައިޖީގައިއެވެ. 2015ވަނަ އަހަރުގެ ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ.