ވިޔަފާރި

ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްއަށް ރާއްޖޭގެ 13 ނޮމިނޭޝަނެއް ހޮވިއްޖެއެވެ


ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްއަށް ރާއްޖޭގެ 13 ނޮމިނޭޝަނެއް ހޮވިއްޖެއެވެ.
އަނަނަ ޖުލައިމަހުގެ 14ގައި ހޮވުމަށް ހަމަޖެހިފައިވާ ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިއެވޯޑްސްއަށް ވޯޓު ދިނުމުގެ މުއްދަތު ހަމަވާނީ އަންނަ މޭމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ހިންގާ ސްޕާތަކުން މީގެ ކުރީ އަހަރުތަކުގައިވެސް މިއެވޯޑްސްގެ ގިނަ ކެޓަގަރީތަކެއް ކާމިޔާކޮށްފައިވާއިރު، މިފަހަރު މިވަނީ ރާއްޖެއަށް 13 ނޮމިނޭޝަނެއްލިބިފައެވެ.

ރާއްޖެއިން މިއެވޯޑްސްއަށް ނޮމިނޭޓްވެފައިވާ ސްޕަތަކުގެ ތެރޭގައި ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ އަމިއްލަ އަދި ބޭރުގެ ކުންފުނިތަކުގ ރިސޯޓުތަކުގައި ހުންނަ ސްޕާތައް ހިމެނެއެވެ.

މީގެތެރޭގައި އަޔޭ ސްޕާ އެޓް އަޔާދާ މޯލްޑިވްސް، ކާމް ސްޕާ އެންޑް ސެލޯން އެޓް ޖޭއޭ މަނަފަރު، ކިހާ ސްޕާ އެޓް ކިހާ މޯލްޑިވްސް، ޖައްވު ސްޕާ އެޓް އަމިއްލަ ފުށި، ކޮކާ ސްޕާ އެޓް ކަނުހުރާ، ލަކްސް މީ އެޓް ސްޕާ އެޓް ލަކްސް ސައުތް އަރި އެޓޯލް، ސްޕާ ސެންވަރީ އެޓް ސެންޓާރާ ރަސް ފުށި، މައި ބްލެންޑް ބައި ކްލެރިންސް ސްޕާ އެޓް ވެލާ ޕްރައިވެޓް، ސަން އެކުއާ އެޓް ސަން އެކުއާ ވިލު ރީފް، ޓެލިސް ސްޕާ އެޓް ޖުމެއިރާ ވިޓާވެލި، އޯވަރ ވޯޓަރ ސްޕާ އެޓް ކޮންރެޑް ރަންގެލި، ސްޕާ އެޓް ގްރާންޑް ކޮއްދިއްޕަރު އަދި ސްޕާ ބައި ލާގޯ އެޓް ސަން ސިޔާމް އިރުފުށިހިމެނެއެވެ.

ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ގަލްގޯމް ރިސޯޓް އެންޑް ސްޕާގައެވެ. މިއެވޯޑްސްއަކީ ސްޕާ އިންޑަސްޓްރީގައި ފާހަގަކުރެވޭ ޚިދުމަތްތައް ދެމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުންދާ އެވޯޑެކެވެ. އަދި ސްޕާ އިންޑަސްޓްރީގައި ތަފާތު ޚިދުމަތްތައް ތަޢާރަފްކޮށް، މިދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތައް ފާހަކުރުންވެސް އެއީ މިއެވޯޑްސް ދިނުމުގެ މަޤްސަދެކެވެ.

މިގޮތުން މިއެވޯޑްސްގައި ސަރަހައްދީ، ބައްރުތަކަށް އަދި މުޅި ދުނިޔެއަށް ޚާއްސަކޮށް ތަފާތު 32 ކެޓަގަރީއަކުން ސްޕާ އިންޑަސްޓްރީގައި ފާހަގަކުރެވޭ ފަރާތްތަކަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ.