ޚަބަރު

ރިސޯސް ޓީޗަރުން ކިޔަވައިދޭ ވަގުތަށް ފައިސާ ދޭގޮތަށް ހަމަޖައްސައިފި





 


ސްކޫލްތަކުގައި ކިޔަވައިދޭ ރިސޯސް ޓީޗަރުން ކިޔަވައިދޭ ގަޑިތަކުގެ އަދަދަށް ފައިސާ ދޭގޮތަށް ހަމަޖައްސާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.


 
އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލްތައް ހިންގުމަށް ބޭނުންވާ މިންވަރަށް ތަމްރީން ވެފައިވާ ޓީޗަރުން ލިބެން ނެތުމުން ކިޔަވައިދެމުންދަނީ ރިސޯސް ޓީޗަރުން ބޭނުންކޮށްގެން ކަމަށާއި އެފަދަ ޓީޗަރުންނަށް މިހާރު ދެމުންދަނީ ގިނަވެގެން ހަތަރުހާސް ރުފިޔާކަމަށެވެ. އެހެންކަމުން ރިސޯސް ޓީޗަރުން ގެންގުޅޭ އުސޫލު ބަދަލުކޮށް ކިޔަވައިދޭ ގަޑިތަކުގެ އަދަދަށް ފައިސާދޭގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ތަޖުރިބާކާރު ޓީޗަރުން ހޯދުމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.


 
 


ޓީޗަރުންގެ ކުރިއެރުމާއި ހުނަރުވެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަށް އުޖޫރަ ދިނުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް މިނިސްޓްރީން ކުރިއަށް ގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.