ޚަބަރު

ހުޅުމާލެއިން 22 ބިދޭސީން ބަލައި ފާސްކޮށް، 3 މީހަކު އިމިގްރޭޝަންގެ ދަށަށް


  • ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ދަނީ މަސައްކަތް ކުރަމުން

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިނގަމުންދާ ކެފޭތަކަށް ޚާއްސަ ކޮށްގެން ހިންގި އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އެ ތަންތަނުގައި މަސައްކަތް ކުރާ 22 ބިދޭސީއަކާ ސުވާލުކޮށް ލިޔުންތައް ބެލި ބެލުމުން 3 ބިދޭސީއަކު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. މި 3 މީހުންވެސް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އިމިގްރޭޝަނުން އަންނަނީ، ތަފާތު އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އިމިގްރޭޝަނުން މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤުސަދުގައެވެ. އަދި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ.