ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، މިހާތަނަށް 8 އަތޮޅެއްގެ 8 ރަށުގައި އެފްއެސްއެމްގެ ފިއުލް ޝެޑް ޤާއުމުކޮށް ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ.
ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރު ނޮވެމްބަރުގެ ކުރިން ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް 8 އަތޮޅެއްގެ 8 ރަށުގައި ތެޔޮ ޝެޑްތައް ހަދާ، އެތަންތަނުން އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ރ. ދުވާފަރު
• ބ. އޭދަފުށި
• ދ. މީދޫ
• ދ. ކުށަހުވަދޫ
• ފ. ނިލަންދޫ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް.
— Mohamed Saeed (@em_saeed) September 26, 2026
މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި… pic.twitter.com/JVJd0akaS7
މިއީ ރައްޔިތުން، ވަކިން ޚާއްޞަކޮށް މަސްވެރިންނާއި ސިނާޢީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ މަދުވެ، ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރުވެ، ވަގުތު ސަލާމަތްވެ، ތަކުލީފުތައް ކުޑަވާނެ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
ރައްޔިތުންނަށް ދަތިވެ އެތައް އަހަރެއް ބުރަ އުފުލުމުގައި ވޭތުކުރި މިފަދަ އެތައްކަމެއް، ރައީސް ޑރ. މުޢިއްޒުގެ މިފަދަ ސިޔާސަތުގެ ދަށުން ލުއިކޮށްދީ، ހެޔޮ ބަދަލުތައް ޤައުމަށް ގެންނަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު އިފްތިތާހްކުރީ 2024ވަނަ އަހަރުގެ ނޮވެންބަރު މަސްތެރޭގައެވެ. މިއަހަރު އަދި އިތުރު ރަށްތަކުގެ މަސައްކަތް ނިންމާ ފިއުލް ސްޓޭޝަންތައް ހުޅުވާނެއެވެ.