ޚަބަރު

ޤައުމީ ބީޗް ވޮލީ ޓީމު އެދެނީ ސަޕޯޓަރުންގެ ހެޔޮ ދުޢާއަށް


  • އޭޝިއަން ގޭމްސްގައި ޤައުމު ތަމްސީލުކުރާނީ އިސްމާއިލް ސާޖިދް އަދި އާދަމް ނަސީމްގެ ޕެއާ

  • މުބާރާތުގައި ވާދަކުރާ އަންހެން ޕެއާއަކީ އާމިނަތު އަރީޝާގެ އިތުރުން ފާތުމަތު އަނާލް

  • މިއީ ކާމިޔާބު އަދި ތަޖުރިބާކާރު ޓީމެއް

މިމަހުގެ 16 އިން އަންނަމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޤައުމީ ބީޗް ވޮލީ ޓީމުން ތައްޔާރުވަމުން އަންނައިރު، ޓީމާއެކު ސަޕޯޓަރުން ތިބެދިނުމަށް ޤައުމީ ޓީމުން އެދިއްޖެއެވެ.

20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި ބީޗް ވޮލީއިން ޤައުމު ތަމްސީލުކުރާނީ ހަތަރު ކުޅުންތެރިންނެވެ. މުބާރާތުގައި ވާދަކުރާ ފިރިހެން ޕެއާއަކީ އިސްމާއިލް ސާޖިދް އަދި އާދަމް ނަސީމްއެވެ. އަދި މުބާރާތުގައި ވާދަކުރާ އަންހެން ޕެއާއަކީ އާމިނަތު އަރީޝާގެ އިތުރުން ފާތުމަތު އަނާލްއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޓީމުގެ މުހިންމު ކުޅުންތެރިޔާ އާދަމް ނަސީމް ބުނީ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ކަންކަން ވަރަށް ކުރިއާލާ ފެށިކަމަށެވެ. ފޯރިއާއެކު ފަރިތަކުރުންތައް ކުރިއަށްދާއިރު، އަމާޒަކީ މަދުވެގެން ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ވަރުގަދަ ފައިޓެއްދީ މެޗު ކާމިޔާބުކުރުންކަމަށް ނަސީމް ބުންޏެވެ.

މުބާރާތަށް ބީޗްވޮލީ ޓީމުތަކުން މިމަހުގެ 15 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ޓީމާއެކު ސަޕޯޓަރުން ތިބެދިނުމަށް ނަސީމް ވަނީ އެދިފައެވެ. އަދި ޓީމުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ހެޔޮ ދުޢާ މުހިންމު ދައުރެއްއަދާކުރާނެކަމަށާ، އެހެންކަމުން އުންމީދަކީ ސަޕޯޓަރުން އިޚްލާސްތެރި ހެޔޮ ދުޢާ ޓީމާއެކުވުންކަމަށް އޭނާވަނީ ބުނެފައެވެ.

"އަޅުގަނޑުމެން އެދެނީ ދިވެހި ހުރިހާ ސަޕޯޓަރުންގެ ހެޔޮ ދުޢާއަށް" ނަސީމް ބުންޏެވެ.

20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި ބީޗް ވޮލީއިން ޤައުމު ތަމްސީލުކުރާނީ ހަތަރު ކުޅުންތެރިންނެވެ. މުބާރާތުގައި ވާދަކުރާ ފިރިހެން ޕެއާއަކީ އިސްމާއިލް ސާޖިދް އަދި އާދަމް ނަސީމްއެވެ. އަދި މުބާރާތުގައި ވާދަކުރާ އަންހެން ޕެއާއަކީ އާމިނަތު އަރީޝާގެ އިތުރުން ފާތުމަތު އަނާލްއެވެ.

މި ކުޅުންތެރިންނަކީ ޗައިނާގެ ސަންޔާގައި ފާއިތުވެދިޔަ އަހަރު ކުރިއަށްދިޔަ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އިތުރުން މިދިޔަ އަހަރު ސްރީލަންކާގެ ނެގޮމްބޯ ބީޗުގައި ކުރިއަށްގެންދިޔަ (ކާވާ) ބީޗް ވޮލީބޯޅަ މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނެވެ.