ލ. ގަމުގައި ތަރައްގީކުރަމުން އަންނަ ނޭޗާ ޕާކުގެ ވިޒިޓާ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ، ޖީއީއެފްގެ ހިލޭ އެހީގެ ދަށުން ހިންގާ "އެންދެރި" ޕްރޮޖެކްޓް މެދުވެރިކޮށް، ލ. ގަމު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވީ، މި ވިޒިޓަރ ސެންޓަރަކީ ތިމާވެއްޓާ ގުޅޭ ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމަށާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގުދުރަތީ މާހައުލުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމުގެ ބޭނުމުގައި ގާއިމުކުރެވޭ ތަނެއް ކަމަށެވެ.
Project Progress Update:
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 2, 2026
The L. Gan Nature Park Visitor Center has reached 50% completion.
Implemented by L. Gan Council with donor funding from the GEF through the ENDhERI Project, the facility will support environmental education, visitor engagement, and conservation… pic.twitter.com/z2X79iAuYY
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ، މީގެ އިތުރުން، އެރަށުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ނޭޗާ ޕާކު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ވިޒިޓާ ސެންޓަރެއްހިމެނޭގޮތަށް ކަމަށާއި، ވިޒިޓާ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަ ޕާކެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ވައުދަކަށް ވާއިރު، ގަމުގައި ބިނާކުރެވޭ ވިޒިޓާ ސެންޓަރަކީ ސަރުކާރުގެ މި އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބާރަަކަށްވެގެންދާނެ ކަމަށެވެ. އަދި މި ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުގެ ގދުރަތީ ރީތިކަން ބަލައިލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ދިރާސާކުރާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް ވުޒާރާއިން ފާހަގަކުރެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ނޭޗަރ ޕާކުތަކެއް ތަރައްޤީކޮށްފައިވާއިރު، ލ. ގަމު ހިމެނޭހެން އިތުރު 10 ރަށެއްގައި ނޭޗަރ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.