ކުޅިވަރު

ޕާކިސްތާނުގެ ސިލެކްޝަން ކޮމިޓީން މިސްބާހް އިސްތިއުފާދީފި


ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ސިލެކްޝަން ކޮމިޓީން ކުރީގެ ކެޕްޓަން މިސްބާހުލް ހައްގު އިސްތިއުފާ ދީފި އެވެ.

އޭނާ އިސްތިއުފާ ދިނީ ގައުމީ ޓެސްޓް ކްރިކެޓް ކޯޗު ޝަފްރާޒް އަހުމަދު މަގާމުން ވަކިކުރިތާ އެއް ދުވަސް ފަހުންނެވެ.
ޝަފްރާޒް މަގާމުން ވަކި ކުރީ ލަދުވެތި ނަތީޖާއެއް ކަމަށްވާ 194 ލަނޑުގެ ތަފާތަކުން އިނގިރޭސިން އަތުން ޕާކިސްތާން ބަލިވުމުންނެވެ. މިއާއެކި ހަތް ކުޅުންތެރިއަކު ވެސް ވަނީ ޓީމުން ވަކިކޮށްފަ އެވެ.

މިސްބާހުގެ ގާތް މީހަކު ޕާކިސްތާނުގެ މީޑިޔާތަކަށް ބުނެފައިވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ޕާކިސްތާން ކްރިކެޓް ބޯޑަށް ފޮނުވި ނަމަވެސް ޖަވާބު ލިބިފައި ދީފައިނުވާ ކަމަށެވެ. އޭނާ އިސްތިއުފާދިން ސަބަބެއް ކަމަށް މީޑިޔާތަކުން ބުނަނީ މަޝްވަރާ ކުރުމެއް ނެތި ކޯޗު ޝަފްރާޒް އާއި ބޯލިން ކޯޗު އުމަރު ގުލް މަގާމުން ވަކިކޮށް ގިނަ ކުޅުންތެރިންތަކެއް ޓީމުން ބޭރު ކުރުމެވެ.

ކްރިކެޓް ބޯޑުން ގެނައި މި ބަދަލާމެދު ޕާކިސްތާނުގެ ކުރީގެ ތަރިން ވެސް ވަނީ ފާޑު ކިޔަން ފަށައިފަ އެވެ. މި ގޮތުން ކުރީގެ ކޯޗު މިކީ އަރްތޫރް ބުނީ އޭނާ ހީކޮށްގެން ހުރީ ޕާކިސްތާން ޓީމު ކުރިއަށް ދަނީ ވަރަށް ރަނގަޅު އޮނިގަނޑެއްގެ ތެރެއިން ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް ކޯޗު ވަކި ކުރުމުން އެފަދަ ހަރުދަނާ ކަމެއް ނެތް ކަމަށް މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.