ޚަބަރު

ސްޓޯންސް ހޯދުމުގެ ރޭހުގެ ކުރީގައި އިންޓަރ މިލާން


އިންގްލެންޑްގެ ޑިފެންޑަރ ޖޯން ސްޓޯންސް ހޯދުމުގެ ރޭހުގެ ކުރީގައި އިޓަލީގެ އިންޓަރ މިލާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މެންޗެސްޓަރ ސިޓީ އަށް ކުރިން ކުޅުނު ސްޓޯން އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖޫން މަހު ހަމަވުމާއިއެކު އޭނާ މިހާރު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 32 އަހަރުގެ ސްޓޯން ހޯދުމަށް ޗެލްސީގެ އިތުރުން އިޓަލީގެ ޔުވެންޓަސް އިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

2016 ވަނަ އަހަރު އެވަޓަން އިން 47.5 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީ އާއި ގުޅުނު ސްޓޯން ވަނީ އެ ކްލަބަށް 295 މެޗު ކުޅެދީފަ އެވެ.

ސްޓޯން ވަނީ މެންޗެސްޓަރ ސިޓީ އާއިއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އެއް ފަހަރު, އެފްއޭ ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު, ލީގު ކަޕް ފަސް ފަހަރު, ކޮމިއުނިޓީ ޝީލްސް ތިން ފަހަރު, ޔޫއެފާ ސުޕަރ ކަޕް އެއް ފަހަރު ހޯދުމުގެ އިތުރުން ކްލަބް ވޯލްޑްކަޕް ހޯދާފަ އެވެ.

ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ތިންވަނަ މަގާމް ހޯދި އިންގްލެންޑްގެ ޓީމުގައިވެސް ހިމެނުނު ސްޓޯންސް ވަނީ ގައުމީ ޓީމަށް 93 މެޗު ކުޅެދީފަ އެވެ.