ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގަދަ 32: ޖަރުމަން - ޕެރަގުއޭ


ފީފާ ވޯލްޑްކަޕްގެ ނޮކްއައުޓް ބުރުގައި މިރޭ ޖަރމަނީ އާއި ދެކޮޅަށް ޕެރަގުއޭ މިއީ ފީފާ ވޯލްޑްކަޕްގެ ނޮކްއައުޓް ބުރުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ.

ޖަރމަނީ އާއި ޕެރަގުއޭ މިރޭގެ މެޗަށް ނިކުންނައިރު މި ދެ ޓީމު ވަނީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އޮލިވާ ނެވިލް ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ޖަރމަނީ ވަނީ މޮޅުވެފަ އެވެ.

ޕެރަގުއޭ އިން މި މުބާރަތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ޑީގެ ތިންވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ އެމެރިކާ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވިއިރު އެ ޓީމުން ވަނީ ތުރުކީ 1-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. އަދި ފަހު މެޗުގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.

ކުރީގެ މެޗުތައް:

* ފީފާ ވޯލްޑްކަޕް 2002: ޖަރމަނީ 1-0 ޕެރަގުއޭ (ދެވަނަ ބުރު)

މި މެޗުގެ އިތުރުން މި މުބާރާތްވެސް ކާމިޔާބުކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޖަރމަނީ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ފުރަތަމަ މެޗުގައި 7-1 ގެ ނަތީޖާއަކުން ކުރަސާއޯ ބަލިކުރުމަށްފަހު, ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން އައިވަރީ ކޯސްޓްވެސް ބަލިކޮށްފަ އެވެ. ނަމަވެސް ތިންވަނަ މެޗުގައި އެކުއެޑޯ ވަނީ 2-1 ގެ ނަތީޖާއަކުން ޖަރމަނީ ބަލިކޮށްފަ އެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ދެ ޓީމު ނިކުންނައިރު މި މެޗުގައި ޖަރމަނީގެ ޑިފެންޑަރ ނިކޯ ޝްލޮޓަރބެކް އަށް ނުކުޅެވޭނެ އެވެ. މި މުބާރާތުގެ ތެރޭގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ދެން މި ފަހަރުގެ ވޯލްޑްކަޕްގައި ނުކުޅެވޭނެ އެވެ.

އަނެއްކޮޅުން ޕެރަގުއޭގެ ޑިފެންޑަރ ޑިއެގޯ ގޯމޭޒް އަށް ދެ ރީނދޫ ކާޑު ދައްކާފައިވާތީ އޭނާއަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ. ނަމަވެސް އެއް މެޗުގެ ސަސްޕެންޝަނެއްގައި ހުރުމަށްފަހު މިގުއެލް އަލްމިރޮން ޖަރމަނީ އާއި ދެކޮޅަށް ކުޅޭނެ އެވެ.