ކުޅިވަރު

ގުވާޑިއޯލް ވޯލްޑް ކަޕަށް ފިޓްވެއްޖެ: ގާޑިއޯލާ


މެންޗެސްޓާ ސިޓީގެ ކްރޮއޭޝިޔާ ޑިފެންޑަރު ޔޮސްކޯ ގުވާޑިއޯލް ވޯލްޑް ކަޕަށް ފިޓްވެއްޖެ ކަމަށް އޭނާގެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު މިހެން ބުނީ ސީޒަނުގެ ފަހު ދެތިން މެޗަށް ވެފައިވަނިކޮށް ގުވާޑިއޯލް އަނިޔާއިން ރަނގަޅު ވެގެން ކުޅެން ފެށުމުންނެވެ.

ފާއިތުވެދިޔަ ހަތަރު މަސް ދުވަހު ގުވާޑިއޯލް ހޭދަކުރީ އަނިޔާ އަށް ފަރުވާ ކުރުމަށެވެ. އޭނާ އަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހު އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީ އާއި ސިޓީ 1-1އިން އެއްވަރުވި މެޗުގަ އެވެ.

މި އަނިޔާގެ ސަބަބުން އޭނާ އަށް ވޯލްޑް ކަޕުގައި ކުޅެވިދާނެ ކަމާމެދު ކްރޮއޭޝިޔާއިން ތިބީ ޝައްކު މަތީގަ އެވެ.

"އޭނާ އަންނަނީ މިހާރު ރަނގަޅަށް ފަރިތަ ކުރަމުން. އަހަރެން އުއްމީދި ކުރަނީ އޭނާ ރަނގަޅު ވޯލްޑް ކަޕެއް ކުޅޭނެ ކަމަށް. މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ މައްސަލަތަކާއެކު އޭނާވީ އަހަރުމެންގެ ވަރަށް މުހިންމު ކުޅުންތެރިއަކަށް. އޭނާ ވަނީ ހުރިހާ މެޗެއް ކުޅެފަ. މިއާއެކު ހަށިގަނޑު ބުނަން ފެށި ދެން ހެވޭ. ދެންވީ އަނިޔާ. އޭގެ ފަހުން އުފާވެރިކަން އެންމެނަށް ވެސް މި ލިބުނީ އޭނާ ގެ އަނިޔާ ރަނގަޅު ވުމުން. އަހަރެން އުއްމީދު ކުރަނީ ސީޒަނުގެ ފަހު ބަޔާއި ވޯލްޑް ކަޕް އެނާ މޮޅަށް ކުޅޭނެ ކަމަށް. ކުރީގެ މޮޅު ގަވަޑިއޯލް ފެނިގެންދާނެ ކަމަށް،" ކޯޗު ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ކްރޮއޭޝިޔާ ހިމެނެނީ އިނގިރޭސިވިލާތާއި ގާނާ އާއި ޕެނަމާއާއެކު ގްރޫޕް އެލްގަ އެވެ.

އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.