ޚަބަރު

ބަލަމުންދާ މައްސަލައެއްގައި، އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރަނީ


  • ފުލުހުން މިކަމުގެ އިތުރު މަޢުލޫމާތެއް ހިއްސާއެއް ނުކުރޭ

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އަދަދު ނޫހުގެ އޮފީސް ބަލާ ބާސްކުރަމުންދަނީ އެ އިދާރާއަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައިގެ ތަޙްޤީގަށްކަމަށެވެ. އެ މައްސަލައަކީ މިހާރު ހިނގަމުން ދާ މައްސަލައަކަށް ވުމާއި ތަޙްޤީގުގެ ނަޒާގހަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިތުރު މަޢުލޫމާތެއް މި ދަނޑިވަޅުގައި ހާމަކުރެވެންނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށާފައި މިވަނީ އެ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ޑޮކިއުމެންޓްރީއެއް އާންމުކޮށްފައި ވަނިކޮށެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިފަދަ ދޮގު ވާހަކަދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.