މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އިސްތުފާ ދެއްވައިފިއެވެ.
މިފްކޯގެ ސީއީއޯ މަޤާމުން ފަރުހަތު އިސްތިއުފާ ދެއްވަން ނިންމަވައި އެކަން މިހާރު އަންގަވާފައިވާ ކަމަށް ޕީއެސްއެމް ނިއުސްއަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
މިފްކޯގެ ސީއީއޯގެ މަޤާމާއި ފަރުހަތު ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރު މާރިޗު މަހުއެވެ.