ޚަބަރު

ފޭސް 2ގެ އެކަމޮޑޭޝަން ބްލޮކެއްގައި ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ


  • މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 17:21

ހުޅުމާލެ ފޭސް 2 ގައި ހުރި އެކަމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން މިހާރު ދަނީ އަލިފާން ކޮންޓްރޯލް ކުރުމަށާއި، އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.