ތަޢުލީމު

އިހަވަންދޫ ކެމްޕަހުގައި ފަށާ ކޯސްތަކަށް ހުޅުވާލައިފި


  • 4 ކޯހެއް ފެށުމަށް ވަނީ ނިންމާފައި

  • އެޑުވާންސް، މާސްޓާސް އަދި ބެޗުލާރސްގެ ކޯސްތައް ހިމެނޭ

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކެމްޕަހުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ވިދާޅުވީ، 2026 ވަނަ އަހަރު ފުރަތަމަ ޓާރމުގައި، ހއ. އިހަވަންދޫގައި، 4 ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމް.އެން.ޔޫއިން ވިދާޅުވީ މި ކޯސްތައް ބިނާކުރެވިފައިވަނީ މިހާރު ރާއްޖެއަށް ބޭނުން ޖެހިފައިވާ ދާއިރާތަކަށް އަމާޒުކޮށްގެން ކަމަށެވެ. އެޑުވާންސް ސެޓްފިކެޓް ލެވަލްއިން ފެށިގެން މާސްޓަރ ޑިގުރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ހުޅުވާލާފައިވާ ކޯސްތައް

- އެޑްވާންސް ސެޓފިކެޓް އިން އެޑިއުކޭޝަން - މާސްޓާރ އޮފް އެޑިއުކޭޝަން (އެޑިއުކޭޝަން މެނޭޖުމެންޓް އެންޑް ލީޑާރޝިޕް) - އެޑުވާންސް ސެޓުފިކެޓު އިން މެނޭޖުމެންޓް - ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖުމެންޓު

ހުރިހައި ކޯސްތަކަކީވެސް ފުލްޓައިމް ކޯސްތަކެއް ކަމަށާއި، ބެޗުލަރ އޮފް ހިއުމަން ރިސޯސް މެނޭޖުމެންޓު ކޯހަކީ 3 އަހަރުގެ ކޯހެއްކަމާއި، އެހެން ކޯސްތަކަކީ 1 އަހަރު ދުވަހުގެ ކޯސްތަކެއް ކަމުގައި އެމް.އެން.ޔޫއިން ވިދާޅުވިެއެވެ. މި ކޯސްތަކަކީ ތަޢުލީމީ ގޮތުން ފުންކޮށް ދިރާސާކުރުމުގެ އަމަލީ ތަޖުރިބާ އެކުލެވޭ ކޯސްތަކެއްކަމުގައިވެސް އެމްއެންޔޫއިން ވިދާޅުވިއެވެ. ވަޒީފާއަށް ދަމުން ކިޔަވަން ބޭނުންވާ ފަރާތްތަކަށްވެސް މި ކޯސްތަކުގައި ބައިވެރިވެވޭނެ ކަން އެމްއެންޔޫއިން ފާހަގަކުރައްވައެވެ.

ކޯސްތަކަށް ކުރިމަތި ލުމަށް ބޭނުންވާ ޝަރުތުތަކާއި، އެޕްލިކޭޝްން ހުށައަޅާނެ ގޮތާއި، ކޯސްތަކުގެ ތާވަލުތަކާބެހޭ އިތުރު މަޢުލޫމާތު އެމް،އެން.ޔޫގެ ވެބުސައިޓުން ލިބޭނެކަމުގައި ވިދާޅުވިއެވެ.