ޚަބަރު

އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ނައިބު ރައީސް


އަތޮޅު ފެންވަރުގައި ބާއްވާ އެކި ކަހަލަ މުބާރާތްތަކުގައި ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ހއ.އުތީމު ގައި ކުރިއަށްދިޔަ މިލައުތުރު ފުޓްސެލް މުބާރާތު ފައިނަލް މެޗު ޝަރަފްވެރިކޮއްދެވުމަށް ވަޑައިގެން ފައިނަލު މެޗު ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ބޭއްވޭ މި ފެންވުރުގެ މިބާރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އެއްބާރުލުންވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މިފަދަ ބޮޑު މުބާރާތެއް އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވައިލެވިގެން ބޭއްވުމަކީ ވަރަށް ބޮޑު އިޖްތިމާއި ހަރަކާތެއް ކަން ފާހަގަކުރެއްވިއެވެ. އަދި މުބާރާތުގެ ސަބަބުން ހއ އަތޮޅަށް އިގްތިސީދާ ގޮތުން ބޮޑެތި މަންފާތަކެއް ލިބގެންދިޔަ ކަން ފާހަގަކުރައްވަވާ ނައިބު ރައީސް ވިދާޅުވީ އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަތޮޅު ތެރޭގައި ބޭއްވޭ މިކަހަލަ މުބާރާތްތަކުގެ ސަބަބުން ދެކެފަރިތަ ކުޅުންތެރިންނާ އާމުންނާއި އަދި ހަމަ އެހެންމެ ނުދަންނަ އެތަށް ބަޔެއްގެ މެދުގައި ގުޅުން ބަދަހިވެ ރަށްތަކުގެ މެދުގައި ވާދެވިރިކަން ފެންނަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ފެންވަރުގެ މުބާރާތްތަކު އަތޮޅު ތެރޭގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން ފާހަގަވުމުގެ އިތުރުން ރަށްތަކަށް އިގްތިސާދީ ގޮތުން ނަފާހޯދޭ މަގެއް މި މުބާރާތްތަކުން ހުޅިވިފަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

" މިފަދަ ފޯރިގަދަ މުބާރާތެއް އަދި ހާއްސަކޮށް މިތަނަށް ބަލާލީމަ ފެންނާނެ ދެ ރަށުގެ މުބާރާތުގެ ފައިނަލު މެޗަށް ތައްޔާރުވެފަ އޮތް މިންވަރު، ސަޕޯޓަރުން ރައްޔިތުން ކުދި ބޮޑު އެންމެން އެއްތަނަކަށް ޖަމާވެ، ރަށަށް ތަށިގެންދިޔުމައްޓަކައި ކެތްމަދުވެފަ އެތީ ސަޕޯޓްކުރަން." މުބާރާތުގެ ފޯރިއޮތް މިންވަރަށް އިޝާރަތްކުރައްވަވާ ނައިބު ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގައި މިފަދަ މުބާރާތްތައް ބޭއްވުމަށް ކުއިންސިލްތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވަވާ މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކަށް ނައިބު ރައީސް ވަނީ ހިއްވަރު ދެއްވަވާ ޝުކުރު އަދާކުރައްވަވާފައެވެ.