ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އައްބާސް ޝަރީފްގެ ދަޢުވަތަކަށް ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމެޓީގެ މެންބަރ ޝި ވެއިޖޯންގް އަދި އެކޮމެޓީގެ އިސް ވަފުދެއް ރާއްޖެއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމެޓީގެ ދައިމީ މެންބަރު ޝީ ވެއިޖޯންގް ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ޗައިނާގެ ޕްރޮކިއުރެޓޮރޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ޕީޖީ އޮފީހުން ވިދާޅުވީ މިއީ މި ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި ދެ ޤައުމު ދެމެދު މި ދާއިރާއިން ތަޖުރިބާ ހިއްސާކުރުމަށް ކުރެވޭ ދަތުރުފުޅެއް ކަމަށެވެ.
ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމެޓީގެ ވަފުދުން ރާއްޖޭގައި މިދައިރާއާއި ގުޅުން ހުރި އިސް ފަރާތްތަކާއި ބަދަލުކުރެއްވުމަށް ވަނީ ހަޖެހިފައެވެ. އެގޮތުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފްއާއި ބައްދަލުކުރެއްވަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީ ނަވީންއާވެސް މި ވަފުދުން ބައްދަލުކުރައްވާނެއެވެ.
ޕީޖީގެ ދަޢުވަތަކަށް ޗައިނާގެ ޕްރޮކިރެޓޯރިއަލް ކޮމެޓީގެ ވަފުދުން ކުރައްވާ މި ޒިޔާރަތުގެ ސަބަބުން، މި ދާއިރާ ހަރުދަނާ ކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.