ޚަބަރު

ގޮއިދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


  • ބަނދަރުގެ މައްސަލަތައް ހައްލުކުރާނެ

  • މަޝްރޫޢު ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް

މިލަދުންމަޑުލު އުތުރުބުރި ގޮއިދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

796 މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫއަކީ ފަރުމަސްވެރިކަމާއ،ި ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ބަނދަރުގެ ދަތިކަން އެރަށު ރައްޔިތުންތަޙައްމަލު ކުރާތާ ޒަމާންތަކެއް ވަނީ ވެފައެވެ. ރަށް އޮންނަ ސަރަހައްދުގެ ގޮތުނ،ް ހއ. އަދި އުތުރުގެ އެހެން އަތޮޅުތަކަށް ދަތުރުކުރުމަށް ގޮއިދޫ ބަނދަރު ވަރަށް ގިނައިން ބޭނުން ކުރެއެވެ. މީގެ އިތުރުން. އެ ރަށަކީ ދަނޑުވެރި ރަށަކަށްވާތީ ދަނޑުވެރީންނަށް ބޭނުންވާ މުދާ ބޭރުކުރުމަށްވެސް މި ބަނދަރު ބޭނުންކުރެވެއެވެ. އެމްޓީސީސީއާއެކު ސޮއިކުރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މަސްވެރި އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި މުދާ ބަރުކުރުމާއި ލަފައި ފުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 39,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 238 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއ،ި 103 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 374 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 27 މީޓަރުގެ މޫދު ތެރެއަށްވާގޮތަށް ބޭރުތޮއްޓެއް ލުމާއ،ި 2235 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫޢަކީ 68.39 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވ.ެ 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވ.ެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.